Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބަނޑިދޫގައި ގާއިމްކުރާ އައިސްޕްލާންޓްގެ ބިންގާ އަޅައިފި

ބަނޑިދޫގައި ގާއިމްކުރާ އައިސްޕްލާންޓްގެ ބިންގާ އަޅައިފި

މިފްކޯއާ ހަވާލުކޮށްގެން ދ. ބަނޑިދޫގައި އަޅާ އައިސް ޕްލާންޓްގެ ބިންގާ އަޅައިފި އެވެ.

އެ ޕްލާންޓްގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ބަނޑިދޫއަށް ވަޑައިގަތުމުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިން އެވެ.

އެ ޕްލާންޓްގެ ބިންގާ އަޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި މިފްކޯގެ ސީއީއޯ ވައިޓާލީ ލޮބިމޯވް އެވެ.

Advertisement
Allied — Dhen Online (box)

ބަނޑިދޫގައި އައިސް ޕްލާންޓް ގާއިމުކުރަން މިފްކޯއާ ހަވާލުކުރީ ،މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

އެ މަޝްރޫއުގެ ދަށުން ބަނޑިދޫގައި އަޅާނީ 30 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެކެވެ. އަދި އެ ތަނުގައި 50 މެޓްރިކް ޓަންގެ އައިސް ރައްކާ ކުރެވޭނެ އެވެ.

ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ހިންގާ އެ މަޝްރޫއު ހަވާލުކުރީ 240 ދުވަހުން ނިންމާ ގޮތަށެެވެ.

ބަނޑިދޫގައި އަޅާ އައިސް ޕްލާންޓާއެކު  މަސް ދޯނިތަކަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް