Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގެމަނަފުށީ އައިސް ޕްލާންޓު ހުޅުވައިފި، މިއަދު އައިސް ދޫކުރާނީ ހިލޭ!

ގެމަނަފުށީ އައިސް ޕްލާންޓު ހުޅުވައިފި، މިއަދު އައިސް ދޫކުރާނީ ހިލޭ!
ގއ.ގެމަނަފުށީގައި ގާއިމުކުރި އައިސް ޕްލާންޓު މިއަދު ހުޅުވައި ފުރަތަމަ ދުވަހު ހިލޭ އައިސް ދޫކުރަން ފަށައިފި އެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އައިސްޕްލާންޓް ރަސްމީކޮށް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. ގެމަނަފުށީ އައިސްޕްލާންްޓެއް ގާއިމުކުރީ އިންޑިއަން އެކްސިމް ބޭންކް ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ ދަށުންނެވެ. މިއީ ދުވާލަކު 50 ޓަނު ބްލޮކް އައިސް އުފެއްދޭ ޕްލާންޓެކެވެ. އަދި މި ޕްލާންޓުގައި 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ހުރެ އެވެ. އެހެންކަމުން މި ޕްލާންޓުގައި ކޮންމެ 24 ގަޑިއިރަކުން 150 ޓަނުގެ އައިސް މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުންނާނެ ކަމަށް މިފްކޯއިން ބުންޏެވެ. އައިސް ޕްލާންޓް ހުޅުވައިދެއްވުމަށް ފަހު ފިޝަރީޒް މިނިސްޓަރު މިއަދު ވިދާޅުވީ ގެމަނަފުށީހެ އައިސް ޕްލާންޓާއެކު ދެކުނުގައި މަސްވެރިކަން ކުރާ މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް ލުއި ލިބިގެން ދާނެ ކަމަށެވެ. އަދި އެއާއެކު އައިސް ހޯދަން އެކި ރަށްރަށަށް ދުއްވަންޖެހުން މަދުވެ ތެލަށް ކުރާ ހަރަދުވެސް މަދުވެ މަސްވެރިންގެ އާމްދަނީ ދެން އިތުރުވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ
  • މި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ވީހާވެސް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް
  • އެކަމަށްޓަކައި އިތުރު 13 އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް