ރޯދަ މަހު ގްރޭޓާ މާލެ ސަރަހައްދުގައި ތަރާވީސްކުރާނީ 24 މިސްކިތެއްގައި

މި ފެށޭ ރޯދަ މަހު ގްރޭޓާ މާލެ ސަރަހައްދުގައި 24 މިސްކިތެއްގައި ހިފުޒްކޮށް ތަރާވީސް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ގެޒެޓުގައި ވަނީ ތަރާވީސްކޮށް ހިފްޒްކުރަން ނިންމި މިސްކިތްތަކުގެ ލިސްޓު އާންމުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ
- މާލޭގެ 16 މިސްކިތެއް
- ވިލިމާލޭގެ އެއް މިސްކިތް
- ހުޅުމާލެ ފޭސް އެކެއްގެ ފަސް މިސްކިތް
- ހުޅުމާލެ ފޭސް ދޭއްގެ ދެ މިސްކިތެއް
މާލޭގައި ތަރާވީސްކޮށް ހިފްޒުކުރާ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒާއި، ދުނބުރި މިސްކިތް، ތޮއިބާ މިސްކިތް، މާވެޔޮ މިސްކިތް، ފަނޑިޔާރު މިސްކިތް ހިމެނެ އެވެ.
ހުޅުމާލެ ފޭސް އެކެއްގައި ތަރާވީސްކޮށް ހިފްޒުކުރާ މިސްކިތްތަކުގެ ތެރޭގައި މަސްޖިދުލް ވާލިދައިނި އަދި މަސްޖިދު އަޒީޒާ މޫސާ ހިމެނޭ އިރު ފޭސް ދޭއްގައި މަސްޖިދު އަމީލު ޖަލީލުގައި ވެސް ކުރާނެ އެވެ.
ރޯދަ މަހުގެ ބަރަކާތާއި ސަވާބު ހޯދުމުގެ ގޮތުން ދިވެހީންގެ ގިނަ ބަޔަކު ތަރާވީހަށް މިސްކިތަށް ދެ އެވެ.