ޚަބަރު

މިއަދުން ފެށިގެން މަސްދަޅު ކޭސް ދޫކުރާ ގަޑިއަށް ބަދަލެއް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މީހަކާ ހަވާލުކުރަނީ / ފޮޓޯ:އެސްޓީއޯ

ކުރިއަށް އޮތް ރޯދަ މަހަށް ގޭބިސީތަކަށް، ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ދޫކުރަމުން އަންނަ ގަޑިއަށް ބަދަލު ގެނެސްފި އެވެ.

މާލެ ސަރަހައްދުގައި މަސް ކޭސް ދޫކުރުމުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ފެށުމާ އެކު، އެ ކަމަށް އޭރު ކަނޑައެޅި ސެންޓަރުތަކުގައި ދިގު ކިއުތައް ދަމާލި އެވެ. އެކަން އިންތިޒާމުކުރި ގޮތުން އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން މަސްދަޅު ދޫކުރާ ސެންޓަރުތަކުގެ އަދަދު 13 އަށް އިތުރުކޮށް، އޮންލައިން ޕޯޓަލް، "ރޯދަ ހަދިޔާ" މެދުވެރިކޮށް މަސްދަޅު ކޭސްގެ ޓޯކަން ނެގޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އެ ތަންތަނުން މަސް ކޭސް ބަހަމުން އައީ ރޭގަނޑު 8:00 އިން 12:00 އަށެވެ. ރޯދަ މަސް ފެށޭތީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ މިއަދުން ފެށިގެން މަސްދަޅު ކޭސް ދޫކުރާ ތާރީހުތަކާއި ގަޑިތަކަށް ބަދަލު ގެނެސްފަ އެވެ.

އެ ކުންފުނިން ރޭ ގެނައި ބަދަލަކީ:

  • 28 ފެބްރުއަރީ (ހުކުރު ދުވަސް) - ރޭގަނޑު 9:30 އިން 11:30 އަށް
  • 1 މާޗް (ހޮނިހިރު ދުވަސް) - ބަންދު
  • 10-2 މާޗް - ރޭގަނޑު 9:30 އިން 11:30 އަށް

މާލެ ސަރަހައްދުން މަސްދަޅު ކޭސް ބެހުމަށް ހަމަޖައްސާފައިވާ ސަރަހައްދުތައް:

  • މިފްކޯ ކޮމްޕްލެކްސް (މާފަންނު) - 200 ޓޯކަން
  • އެމްޓީސީސީ ސޯމިލް - 200 ޓޯކަން
  • ހެންވޭރު ދަނޑު - 200 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 1 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 2 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 3 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 4 (50 ޓޯކަން)
  • ސޯޝަލް ސެންޓަރު ވިލިމާލެ - (100 ޓޯކަން)
  • ވެމްކޯ ސައިޓް ހުޅުމާލެ - (100 ޓޯކަން)
  • އުމަރު ޒާހިރު ބިލްޑިން / ހުޅުމާލެ - (100 ޓޯކަން)
  • ޕޮލްކޯ ޓަވާ (ސީ ބްލޮކް) (ހުޅުމާލެ) - (100 ޓޯކަން)
  • ހިޔާ ޓަވަރު 10 (ހުޅުމާލެ) - (100 ޓޯކަން)
  • ކާމިލްދީދީ ޕްރީސްކޫލް - (100 ޓޯކަން)

ކޮންމެ ގޭބީސީއަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 48 ދަޅުގެ މަސް ކޭހެކެވެ. މަސްދަޅު ކޭސް ބަލައިދާއިރު ގޭބިސީގެ ކަރަންޓު މީޓަރު އެނގޭ ފަދަ ލިޔުމަކާއި އެ މީހެއްގެ އައިޑީކާޑު ހިފައިގެން ދިއުމަށް ވަނީ އެދިފަ އެވެ.