Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އާންމު މަސްމަހަށްވުރެ ފެން ބިލު ބޮޑުނުވާނެ ގޮތަށް އެޕްރީލުގެ ބިލުތަކަށް ޑިސްކައުންޓް ދޭނެ

އާންމު މަސްމަހަށްވުރެ ފެން ބިލު ބޮޑުނުވާނެ ގޮތަށް އެޕްރީލުގެ ބިލުތަކަށް ޑިސްކައުންޓް ދޭނެ
އާންމު މަސްމަހަށްވުރެ ފެން ބިލު ބޮޑުނުވާނެ ގޮތަށް އެޕްރީލުގެ ފެނު ބިލުތަކަށް 10 ޕަސެންޓުގެ ރޯދަ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ. މި އަހަރުގެ ރޯދަ މަހު، ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓު ބިލަށް ޑިސްކައުންޓް ދިނުމަށް ނިންމަވައި އެކަން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވާފަ އެވެ. އެކަމާ ގުޅިގެން އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެޕްރީލް މަހު އެ ކުންފުނިން ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ބިލުތައް "އާންމު މަހަކަށް ވުރެ ބޮޑު ނުވާނޭ ގޮތުގެ މަތިން" ވަކި އުސޫލަކާ އެއްގޮތަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ:
  • "އާންމު މަހެއްގައި" ފެނާއި ކަރަންޓު ބިލުގެ މިންވަރު ކަމުގައި ބަލާނީ، މިދިޔަ އަހަރުގެ ފެބްރުއަރީ، މާޗް އަދި އެޕްރީލް މަސް ނުހިމަނާ އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރެޖް މިންވަރަށް
  • ކަނޑައެޅޭ "އާންމު މަހުގެ" ބިލުގެ މިންވަރަށް ވުރެ އެޕްރީލް މަހު ތައްޔާރު ކުރެވޭ ބިލު ބޮޑު ނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގައި އެޕްރީލް މަހު ފޮނުވާ ބިލުން އުނިކުރާނެ
  • އުނިކޮށްދެވޭ މިންވަރަކީ އެޕްރީލް މަހު ފޮނުވާ ބިލުގެ 10 ޕަސެންޓަށް ވުރެ ކުޑަ މިންވަރެއް ކަމުގައިވާ ނަމަ، 10 ޕަސެންޓާ އެއްވަރަށް ޑިސްކައުންޓުގެ މިންވަރު މަތިކޮށްދޭނެ
  • އެޕްރީލު މަހު ފޮނުވާ ބިލު "އާންމު މަހުގެ" ބިލަށް ވުރެ ކުޑަ ނަމަ ޑިސްކައުންޓުގެ ގޮތުގައި އެޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭނެ
  • އެޕްރީލް މަހުގައި އަލަށް ބިލު ކުރެވޭ މީޓަރުތަކަށާއި ކުރިން ރެޖިސްޓާ ކުރެވިފައި ވިނަމަވެސް، މިހާތަނަށް ތަނަށް ބިލުކުރެވިފައި ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ އެޕްރީލް މަހު ފޮނުވާ ބިލު ކަމުގައިވި ނަމަ، އެފަދަ ފަރާތްތަކަށް ވެސް އެޕްރީލް މަހު ފޮނުވާ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދޭނެ
ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ، އެ ކުންފުނީގެ ކަސްޓަމަ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް