Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރޭސިން ކާރު ދިޔައީ މީހާވެސް ގޮވައިގެން!

ރޭސިން ކާރު ދިޔައީ މީހާވެސް ގޮވައިގެން!

ގއ. ވިލިނގިލީގައި ރޭސިން ކާރަކާ ބައިސްކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ އިއްޔެ 17:30 ހާއިރު ވިލިނގިލީ އަލިކަތީބު މަގު އިރުން ހުޅަނގަަށް ދުއްވާފައި ދިޔަ ކާރެއް، އޯކިޑުމަގުން އުތުރުން ދެކުނަށް ދިޔަ ބައިސްކަލަކާ ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ކާރު އާއި ބައިސްކަލު ދުއްވި ދެ މީހުންނަށްވެސް އަނިޔާވެގެން ގއ. ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?height=476&amp;href=https%3A%2F%2Fwww.facebook.com%2F61571602554778%2Fvideos%2F1182998869863834%2F&amp;show_text=false&amp;width=432&amp;t=0" width="432" height="476" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe>

Advertisement
HDC — Sidebar (box)

<strong>"މި އެކްސިޑެންޓާ ގުޅިގެން ކާރު ޓޯ ކުރެވިފައިވޭ، އަދި ކާރު ދުއްވަން އިން މީހާ އަތުގައި ލައިސެންސެއް ނެތް"</strong> ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް