ޚަބަރު

ނާސިފް އެޗްޑީސީން ވަކިކޮށް، ވެމްކޯގެ ޗެއާމަންގެ މަގަމާށް ބަދަލުކޮށްފި

. ، ދެން އޮންލައިން

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) ގެ ޗެއާމަން ކަމުގެ މަގާމުން އަހުމަދު ނާސިފް މިއަދު ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ކުރި ޕޯސްޓެއްގައި ބުނީ ނާސިފު އެޗްޑީސީން ވަކިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޗެއާމަން ކަމުގެ މަގާމަށް އައްޔަނުކޮށްފައިވާ ކަމަށެވެ.

ވެމްކޯއަށް އޭނާ ބަދަލުކުރި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ޗެއާމަނަކަށް ހުންނެވި ނާސިފް، އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހު ކުރީކޮޅު އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ނާސިފް ވަނީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވެ އެވެ.

އޭގެ އިތުރުން އޭނާ ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.