ޚަބަރު

އަޖުވަދު އެނބުރި ޕާމަނަންޓު ސެކްރެޓަރީގެ މަގާމަށް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް އަޖުވަދުއާ މަގާމު ހަވާލުކުރުމުގެ ތެރެއިން- ފޮޓޯ: ސީއެސްސީ

އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމާ އެކު މަގާމުން ވަކިކުރި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އަކަށް ހުންނެވި އަޖުވަދު މުސްތަފާ އަލުން ޕީއެސްގެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.

އެންވަރަޔަރަމަންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ އެއްކޮށްލިއިރު، އަޖުވަދު ހުންނެވީ އެންވަރަޔަމަންޓް މިނިސްޓްރީގެ ޕީއެސް އަކަށެވެ.

އަޖުވަދު މަގާމުން ވަކިކުރީ އެއްކުރި މިނިސްޓްރީއަށް ވަކިން ޕީއެސްއަކު އައްޔަން ކުރަން ކަމަށް ސީއެސްސީން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެހެންވެ ޕީއެސްއަކަށް ކުރިމަތިލާން އަލުން ހުޅުވާލި އެވެ. އެ ހުޅުވާލި ފުރުސަތުގައި އަޖުވަދަށް ކުރިމަތިލެވޭނެ ކަމަށް ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އަޖުވަދު އަށް މަގާމު ހަވާލުކުރިކަމުގެ ލިޔުން ހަވާލުކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ.

އެންވަޔަރަމަންޓްގެ ޕީއެސްގެ މަގާމުން އަޖުވަދު ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހުގަ އެވެ. އަދި އޭނާ މަގާމަށް އައްޔަންކޮށްފައިވަނީ އޭޕްރީލް 19، 2014 ގަ އެވެ. އަޖުވަދަކީ އެންމެ ގިނަ ދުވަސްވި ޕީއެސްގެ ތެރެއިން އެއް ޕީއެސް އެވެ.

Ads by Allied Insurance