Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގެއަކަށް ވަދެ ބިރުދައްކައި، ގެއްލުން ދިން 4 މީހަކު ހައްޔަރުކޮށްފި

ގެއަކަށް ވަދެ ބިރުދައްކައި، ގެއްލުން ދިން 4 މީހަކު ހައްޔަރުކޮށްފި
މާލެ، ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި، އެ ގެއަށް ގެއްލުންދިން މައްސަލައިގައި 4 މީހަކު ހައްޔަރުކޮށްފި އެވެ. މީޑިއާތަަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ބުނެ އެ އިދާރާއަށް ރޭގެ ވަގުތެއްގައި ހުށަހެޅި މައްސަލަ އާ ގުޅިގެން ކަމަށެވެ. "އަދި އެ ގެއަށް ރޭ 12:45 އެހާކަންހާއިރު 4 މީހަކު ވަދެ، އެ ގެއަށް ގެއްލުންދިން ދީފައިވާ މައްސަލަ އާ ގުޅިގެން އެ 4 މީހުން ކުށުގެ ވެށިން ވަނީ ހައްޔަރުކޮށްފައި،" ފުލުހުންގެ މެސެޖުގައިވެ އެވެ.

މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ:

  • އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހް (23އ)
  • ނ. ވެލިދޫ، އެލަސް، އިބްރާހީމް އަހްނަފް (21އ)
  • ނ. މަނަދޫ، ހަވޭލި، މުހައްމަދު އަޒާން (23އ)
  • ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު (21އ)
ފުލުހުން ބުނި ގޮތުގައި 4 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް އެ މީހުން ބަންދުކުރަން އަމުރުކޮށްފައިވާ ކަމުގަ އެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް