Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޝާމިލް ނުފޫޒު ފޯރުވައިގެން ޝަރީއަތެއް ހުއްޓުވި ކަމަށް ބުނެ އަޒްމިރާލްދާ އޭސީސީއަށް 

ޝާމިލް ނުފޫޒު ފޯރުވައިގެން ޝަރީއަތެއް ހުއްޓުވި ކަމަށް ބުނެ އަޒްމިރާލްދާ އޭސީސީއަށް 
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް މަގާމުގެ ނަހަމަ ނުފޫޒު ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވި ކަމަށް ބުނެ ސަސްޕެންޝަންގައި ހުންނެވި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަަޒްމިރާލްދާ ޒާހިރު، އޭސީސީއަށް ސިޓީއެއް މިއަދު ފޮނުވައިި އެވެ. ފަނޑިޔާރު އަޒްމިރާލްދާ ސަސްޕެންޑްކުރީ މަޖިލީހުން ފާސްކުރި މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކީ މަޖިލީހުގެ މެންބަރަކަށް ދީފައި އޮންނަ ބާރުތަކުގެ މާއްދާތަކާއި ގާނޫނުއަސާސީއަށް މި އިތުރުކުރި މާއްދާތަކާ ފުށު އަރާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރި މައްސަލައިގެ އަޑު އެހުން ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ. އަޒްމިރާލްދާ ސަސްޕެންޑް ކޮށްފައިވަނީ އޭސީސީން ޖޭއެސްސީ އަށް ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށެވެ. އޭސީސީގެ ރައީސް އަށް އަޒްމިރާލްދާ މިއަދު ފޮނުވި ސިޓީގެ ކޮޕީއެއް މި ނޫހަށް ލިބިފައިވާއިރު، އަޒްމިރާލްދާާ ވަނީ އޭސީސީން ފޮނުވި ސިޓީ އަކީ ފުރިހަމަ މައުލޫމާތު އެކުލެވޭ ސިޓީއެއް ނޫންކަން ފާހަގަކޮށް އެކަމަށް ހެކިދޭ ބައެއް ނުކުތުތާތައް ބަޔާންކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ:
  • އޭސީސީން ސިޓީ ފޮނުވީ އަތުން އަތަށް
  • ސިޓީގައި ނަންބަރެއް ނެތް
  • ސިޓީ ފޮނުވިއިރު ޖިނާއީ ތަހުގީގެއް ކުރުމަށް ކޮމިޝަނުން ނުނިންމާކަން
  • ޖިނާއި ތަހުގީގެއް ފަށާފައިނުވާކަން
  • މައްސަލަ ތަހުގީގުކުރެވެމުންދާ ކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ދިނީ ދޮގު މައުލޫމާތު
އޭސީސީއަށް ފޮނުވި ސިޓީގައި އަޒްމިރާލްދާ ވިދާޅުވީ އެ ކޮމިޝަންގެ ރައީސް ޝާމިލް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމަނައި ޖޭއެސްސީ އަށް ފޮނުވި ސިޓީއަކީ ސުޕްރީމް ކޯޓުގައި ތާވަލުކުރެވިފައިވާ ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އާއްމު އިޖުރާތްތަކާ ހިލާފަށް ޝާމިލް ސިޓީ ފޮނުވާފައިވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދަން ބަންޑާރަ ނައިބުގެ ފަރާތުން ބޭނުންވާތީ އެ މަގުސަތު ހާސިލުކޮށްދިނުމަށާއި، އަދި އޭސީސީގެ ރައީސަކީ ރައީސް އައްޔަންކުރައްވާ ފަރާތެއް ކަމަށްވާތީ އަމިއްލަ މަގާމު ދިފާއުކުރުމުގެ މަސްލަހަތުކަމުގައިވެސް ދެކޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންވެ އޭނާއާ ދެކޮޅަށް ޖިނާއި ތަހުގީގު ހިންގައިދޭން ސިޓީގައި އެދިވަޑައިގެންނެވި އެވެ. "އިސްވެ ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރުމ އޭސީސީގެ ރައީސް ޝާމިލްގެ އަމަލުތަކަކީ ރަސްމީ ހައިސިއްޔަތުން ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް އެކަމުގައި ތިމާއަށް އަދި މަންފާ ލިބެންޖެހޭ ފަރާތަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއްކަމުގައިވާތީ ޖިނާއީ ކުށުގެ މި އަމަލު އަވަސްގޮތެއްގައި ތަހުގީގުކޮށްދެއްވުމަށް ހުށަހަޅަމެވެ" ސިޓީގައި ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް