32 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް އަޅަން ހަވާލުކޮށްފި

32 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް އަޅަން ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ މިއަދު ހަވާލުކޮށްފި އެވެ.
އެ ކަމަށް ޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކޮށް، އެއްބަސްވުން ބަދަލުކުރި އެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.
ވެމްކޯއިން ބުނި ގޮތުގައި އޭގެ ތެރެއިން 21 ރަށުގައި އާ މަރުކަޒެވެ. ދެން ހުރި ރަށްރަށުގައި ކުރިއަށްދަނީ މަރުކަޒު އަޅަން މިހާރު ވެސް ގާއިމުކޮށްފައި ހުރި އިމާރާތް އަޕްގްރޭޑްކުރުމުގެ މަސައްކަތެވެ.
މިއަދު 32 ރަށެއްގައި މަރުކަޒު އަޅަން ހަވާލުކުރި އިރު މިދިޔަ މަހު ދެ ރަށެއްގައި މަރުކަޒު އަޅަން ވެމްކޯއަށް ހަވާލުކޮށްފައިވެ އެވެ.
ކުނި މެނޭޖުކުރާ މަރުކަޒު އަޅާ/ އަޕްގްރޭޑްކުރާ ރަށްރަށަކީ:
- ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. ވަށަފަރު
- ހދ. ކުޅުދުއްފުށި
- ކ. ދިއްފުށި، ކ. ގާފަރު، ކ. ގުޅި
- މ. މަޑުއްވަރީ، މ. ނާލާފުށި، މ. ރަތްމަންދޫ، މ. ވޭވަށް
- ފ. ބިލެތްދޫ، ފ. ދަރަނބޫދޫ، ފ. ފީއަލީ
- ތ. ދިޔަމިގިލި، ތ. ގާދިއްފުށި، ތ. ހިރިލަންދޫ، ތ. ކަނޑޫދޫ، ތ. ވޭމަންޑޫ، ތ. ވިލުފުށި
- ދ. މީދޫ، ދ. ހުޅުދެލި
- ލ. ހިތަދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ލ. މާމެންދޫ، ލ. މާވަށް، ލ. މުންޑޫ
- ގދ. ތިނަދޫ
- ޏ. ފުވައްމުލައް
- ސ. ހުޅުމީދޫ
