Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަން: ތިން މީހަކު ހައްޔަރަށް

ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަން: ތިން މީހަކު ހައްޔަރަށް

ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގައި މިރޭ ހިންގަމުންދާ ބޮޑު އޮޕަރޭޝަންގައި 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

މިރޭ ގާތްގަނޑަކަށް 11 ޖެހިހާއިރު އިރު ފެށި އޮޕަރޭޝަންގައި މާލޭގެ އިތުރުން ހުޅުމާލޭގެ ގެތަކެއް ބަލައި ދަނީ ފާސްކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްގެންދާ މަންޒަރު ބައެއް ނޫސްވެރިންނަށްވެސް ވަނީ ފެނިފަ އެވެ.

ފުލުހުން ބުނީ ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހިންގާ އޮޕަރޭޝަންގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.

Advertisement
Allied Insurance — Square (box)

އޮޕަރޭޝަން ހިންގަނީ ކޮންކަމަކާ ގުޅިގެންތޯ ނޫސްވެރިން ސުވާލުކުރުމުން ފުލުހުން މިހާތަނަށް ޖަވާބެއް ނުދެ އެވެ.

މައްސަލައިގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް "ދެން" އަށް މައުލޫމާތު ދިން އޮފިޝަލަކު ވަނީ އޮޕަރޭޝަން އަކީ ދީނީ ހަރުކަށި ފިކުރުމުގެ މީހުންނާ ގުޅުން އޮތް އޮޕަރޭޝަނެއް ކަމުގެ މައުލޫމާތު ދީފަ އެވެ. އިތުރު ތަފްސީލެއް އޭނާ ނުދެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް