Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޖޭއެސްސީން ބުނަނީ އަޒްމިރާލްދާ އަށް ހައްގުތައް ދިން ކަމަށް

ޖޭއެސްސީން ބުނަނީ އަޒްމިރާލްދާ އަށް ހައްގުތައް ދިން ކަމަށް
ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާ ގުޅޭ ގޮތުން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ލިބިދޭން ޖެހޭ ހުރިހާ ހައްގުތައް އޭގެ އެންމެ ފުރިހަމަގޮތުގައި އޭނާ އަށް ދީފައިވާނެ ކަމަށް ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ. ފިރިމީހާ ޑރ. އިސްމާއިލް ލަތީފްގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖޭއެސްސީއަށް އަޒްމިރާލްދާ އިއްޔެ ހާޒިރުކޮށް އަޑުއެހުމަށް ބޭއްވި އެވެ. އަޑުއެހުމަށް ފަހު އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލު ހިއްސާކުރި ބަޔާނެއްގައި ވިދާޅުވީ، ޖޭއެސްސީގެ މައްސަލަ ބަލާ ކޮމިޓީ ގައި ތަކުރާރުކޮށް އެދުމުންވެސް އޭނާ އަށް ފުރުސަތު ދީފައިނުވާ ކަމަށެވެ. ވަކީލަށް ވާހަކަ ނުދެއްކޭނެ ކަމަށް ކޮމިޓީން އެ އަޑުއެހުމުގައި އަންގާފައިވާ ކަމަށް ޝާމިލް ވިދާޅުވި އެވެ. އެ ވާހަކަތަކާ ގުޅިގެން ޖޭއެސްސީން އާއްމުކުރި ބަޔާނެއްގައި ޝަމީލުގެ ވާހަކަތައް ދޮގުކޮށް ބުނީ އެ ކޮމިޝަނުގެ 25 ވަނަ މާއްދާގައި ބަލަމުންދާ މައްސަލައާ ގުޅޭގޮތުން ތަހުގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ފަނޑިޔާރު ޖަވާބުދޭންވާނެެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންވެ ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ފަރާތަކީ ވަކީލު ނޫން ކަމަށް ބަޔާނުގައި ބުންޏެވެ. އަދި ވަކީލުގެ ދައުރަކީ ފަނޑިޔާރު ބޭނުންވެއްޖެ ހާލަތެއްގައި ފަނޑިޔާރަށް ގާނޫނީ ލަފާދިނުން ކަމަށްވާއިރު އެ ފުރުސަތު ތަކުރާރުކޮށް ކޮމިޓީގެ ފަރާތުން އަޒްމިރާލްދާ އާއި އޭނާގެ ވަކީލަށްވެސް ދީފައިވާނެ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުންޏެވެ.
ފަނޑިޔާރަކަށް ލިބިދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ އެންމެހައި ހައްގުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ފަނޑިޔާރު އަޒްމިރާލްދާ އަށް ވާނީ ދެވިފައި
ޖޭއެސްސީން އިއްޔެ ބޭއްވި އަޑުއެހުމުގައި ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައި އަޒްމިރާލްދާ ވިދާޅުވީ އޭނާ ސަސްޕެންޑްކޮށް ކުރިއަށްގެންދާ ތަހުގީގަކީ ފަނޑިޔާރަށް ނުފޫޒު ފޯރުވުމުގެ ކަންތައްތަކެއް ކަމަށާއި ލަތީފް ބަންދުން ދޫކުރަން އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކާ ވާހަކަ ދައްކާފައިނުވާނެ ކަމަށެވެ. އަޒްމިރާލްދާގެ ޖޭއެސްސީއަށް ހާޒިރުކޮށްފައިވާއިރު، އާދިއްތަ ދުވަހު ފަނޑިޔާރު މަހާޒު އަލީވެސް ޖޭއެސްސީއަށް ހާޒިރުކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް