Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކި ތަނެއްގައި އަޒްމިރާލްދާ އިންނެވި މައްސަލައިގެ އަޑު އެހުންވެސް ސިއްރު

ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކި ތަނެއްގައި އަޒްމިރާލްދާ އިންނެވި މައްސަލައިގެ އަޑު އެހުންވެސް ސިއްރު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދެއްކި މަޖިލީހެއްގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ހުންނެވި މައްސަލައިގެ އަޑުއެހުން އާއްމުކޮށް ހުޅުވާނުލަން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލް "ދެން" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް އެދުމުން ޖޭއެސްސީން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.

"ޖޭއެސްސީން ބުނީ އާންމު މަސްލަހަތަށް ގެއްލުންވެދާނެތީވެ އެ މައްސަލަ އާއްމުންނަށް ހުޅުވާނުލާނެ ކަމަށް" ޝަމީލް ވިދާޅުވި އެވެ. އެ މައްސަލާގައި އަޒްމިރާލްދާ ޖޭއެސްސީއަށް އަދި މިހާތަނަށް ހާޒިރުކޮށްފައެއް ނުވެ އެވެ.

Advertisement
HDC — Sidebar (box)

އެ މައްސަލަ ހިމެނޭހެން ސަސްޕެންޝަނުގައި ހުންނެވި އަޒްމިރާާލްދާގެ ދެ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. ފުރަތަމަ މައްސަލަ އަކީ ފިރިކަލުން އައިޖީއެމްއެޗްގެ ޑރ. އިސްމާއީލް ލަތީފްގެ ބަންދު އަމުރަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެވެ.

https://dhen.mv/275179

އެ މައްސަލައިގެ އަޑުއެހުންވެސް ހުޅުވާލައިގެން ކުރިއަށް ގެންދަން އަޒްމިރާލްދާގެ ވަކީލުން އެދުމުންވެސް ޖޭއެސްސީން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.

ލަތީފް ބަންދުގެ މައްސަލާގައި އަޒްމިރާލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީގެ ބަޔާން ޖޭއެސްސީން ވަނީ ނަގާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް