Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ މެންބަރު ކަމަށް ހިކުމާ އައްޔަންކުރައްވައިފި

ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ މެންބަރު ކަމަށް ހިކުމާ އައްޔަންކުރައްވައިފި

ރައީސް ޑރ މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އަހުމަދު ނިޒާރު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ހިކުމާ އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ހިކުމާ ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެ ވެ.

Advertisement
Allied Insurance — Square (box)

ރައީސްގެ ކުރިމަތިފުޅުގައި، ހިކުމާ އަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އެވެ. އަދި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ހިކުމާއާ ހަވާލުކުރައްވާފަ އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަނު ކުރެއްވި ހިކުމާ ވަނީ މީގެ ކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު 2020 އިން 2024 އަށް އަދާކުރައްވާފަ އެވެ.

އޭނާ ވަނީ އެވިޑް ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން، ހާސިލުކުރައްވާފަ އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަގްސަދަކީ، ވަޒީފާގެ މާހައުލުގައި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ގާނޫނާއި އެހެންވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަށް، ލުއިފަސޭހަކޮށް ބަލައި ނިންމުމެވެ.

އެ ކޮމިޝަންގެ ރައީސް އަކީ އިސްހާގު ހުސެއިންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް