Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަޒްމިރަލްދާ ވެސް އޭނާގެ މައްސަލަ އދ. އަށް ހުށަހަޅައިފި

އަޒްމިރަލްދާ ވެސް އޭނާގެ މައްސަލަ އދ. އަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ސަސްޕެންޑްކުރި ޑރ. އަޒްމިރަލްދާ ޒާހިރު، އޭނާ ސަސްޕެންޑްކުރި މައްސަލަ އދ. އަށް ހުށަހަޅައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަޒްމިރާލްދައާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދާއި އަދި މަހާޒް އަލީ ޒާހިރުވެސް ސަސްޕެންޑްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ފަނޑިޔާރު ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވި އިރު އެ މައްސަލަ ސުއޫދު ވަނީ އދ.އަށް ހުށަހަޅުއްވައިފަ އެވެ.

Advertisement
Allied — Dhen Online (box)

އަޒްމިރާލްދާގެ ވަކީލު އިބްރާހިމް ޝަމީލު ނެރުނު ބަޔާނުގައި ވިދާޅުވީ ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް އޭނާ ސަސްޕެންޑްކޮށް ދައުލަތުގެ އިދާރާތަކުން ހިންގަމުންދާ އިޖުރާތްތަކާ ގުޅިގެން ޔޫއެން ސްޕެޝަލް ރެޕަޓުއާ އޮން އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާޒްއަށް އިއްުޔެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

"މީގެ އިތުރުން އެމްބަސީތަކާއި ހައި ކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް މި މައްސަލަތައް ސަމާލުކަމަށް ގެނެސްފައިވާނެ އެވެ" ޝަމީލު ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.

ޖޭއެސްސީން ބަލަން ނިންމާފައިވަނީ އަޒްމިރަލްދާގެ ސުލޫކީ ތިން މައްސަލަ އެކެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ ފިރިކަލުން ޑރ. އިސްމާއިލް ލަތީފްގެ ބަންދަށް އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް ކުރާ ތުހުމަތަކުގެ މައްސަލަ އެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުކޮށް ވާހަކަ ދެއްކި މަޖިލީހެއްގައި އަޒްމިރާލްދާ އިންނެވި މައްސަލަވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އަދި އަޒްމިރާލްދާގެ ފަރާތުން ނޫސް ބަޔާން ނެރުއްވާތީ އޭނާގެ އިތުރު ސުލޫކީ މައްސަލައެއް ބަލަން ވެސް ޖޭއެސްސީން މިހާރު ވަނީ ނިންމައިފަ އެވެ.

އަޒްމިރަލްދާއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލަތަކުގެ އިތުރު އަޑު އެހުމެއް މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް