ދާއިމީކޮށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާނީ

އަތޮޅުތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާކުރާ މީހުންނާއި ދާއިމީ ގޮތެއްގައި ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ އެފަދަ ފަރާތްތަކުގެ ރަޖިސްޓްރީ އެކުލަވާލަން ނިންމީ އެ ފަރާތްތަކަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ގަވާއިދުން ޓެސްޓްތައް ހެދުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެވޭކަން ކަށަވަރު ކުުރުމުގެ ގޮތުން ކަމަށެވެ.
އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނ. އަދި ށ. އަތޮޅުގެ ރަށްތަކުގައި އެ ރަޖިސްޓްރީ އެކުލަވާލުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި އެހެނިހެން އަތޮޅުތަކުގައިވެސް ކުރިއަށް އޮތް ތިން މަސް ތެރޭގައި މަސައްކަތް ފަށަން ރާވަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ
"އަދި މި ހިދުމަތް ތަންފީޒު ކުރުމަށްޓަކައި ކޮންމެ ހެލްތު ފެސިލިޓީއަކުން ފޯކަލް ޕޮއިންޓެއް ކަނޑައަޅާ ކޯޑިނޭޓް ކުރެވޭނޭ އިންތިޒާމް ހަމަޖައްސާފައިވާއިރު، ބޭނުންވާ ބޭހުގެ ލިސްޓް އަދި ބަލީގެ ޓެސްޓްތައް ހަދާ، ކޮންޓިނިއު ކުރެވޭނޭ އިންތިޒާމްތައް ވެސް ވަނީ ހަމަޖެހިފައި،" ހެލްތު މިނިސްޓްރީން އިތުރަށް ބުންޏެވެ.
ރާއްޖޭގައި ފަހަކަށް އައިސް ގައިން ގަޔަށް ނާރާ ބަލިތަކުގެ އަދަދު އިންތިހާއަށް ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ކެންސަރާއި، ހަކުރު ބަލި އަދި ހިތުގެ ބަލިތައް ފާހަގަކޮށްލެވެ އެވެ.
ދާއިމީކޮށް ކާބޭސް ރަށުން އެސްޓިޔޯ ފާރމަސީގަ ނެތިގެން. ޢަތޮޅުގެ ކޮންމެވެސް ރަށެއްގެ އެސްޓިޔޯ ފާމަސީ މެދުވެރިކޮށް ގެނައީ. ޙިތާމައަކި ލިބުނު ބޭސްތައް ހުރީ . ބޭސް ގުޅަ ކަނޑާލީމަ ފުޑުފުޑު ވަނީ. މުއްދަތއެއް ވެސް ހަމައެއް ނުވޭ.
ޙީވަނީ ބޭސް ބަހައްޓަން ޖެހޭ ޓޭމްފަރޭޗަގައި ބެހެޓިފަނެތުމުގެ ސަބަބުން ހެން .
ކޮންމެ ގޮތަކަށް ބޭސް ހުއްޓަސް ކާން އެބަޖެހޭ. ކޮޅަށް ހުންބޭނުން ކަމުގައި ވާނަމަ.
ތިޔަ ކިޔާ ރަޖިސްޓުރީއެއް ހަދާތާ މިހާރު ދިހަ އަހަރު ވެއްޖެ ވީކަމެއް ހަމަ ހަރާން