Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފިޔާޒްއަށް އިންޒާރު ދެއްވިކަމުގެ ހެކި ނެތުމުން ރައީސްގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

ފިޔާޒްއަށް އިންޒާރު ދެއްވިކަމުގެ ހެކި ނެތުމުން ރައީސްގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި
ރައީސް ޑރ. މުޙައްމަދު މުއިއްޒު، އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ބިރު ދެއްކެވި ކަމަށް ބުނާ މައްސަލައިގައި އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެ މައްސަލައިގައި ރައީސް މުުއިއްޒުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށްޕްރޮސިކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ. މި މަހުގެ 14 ވަނަ ދުވަހު ރައީސް މުއިއްޒު ފިޔާޒުއަށް ގުޅުއްވައި  ބިރު ދައްކައި އިންޒާރުދީފައިވާކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅުއްވީ ފިޔާޒު އެވެ. ޕީޖީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކި ގަރީނާ އެ އޮފީހުން ދިރާސާކޮށް ބެލިއިރު، ރައީސް މުއިއްޒު ފިޔާޒުއަށް ގުޅައި އިންޒާރު ދިންކަމަށް ގާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސް ބޭނުންކުރައްވާފައިވާކަން އެނގެން ނެތް ކަމަށެވެ. އެހެންވެ އެ މައްސަލައިގައި ރައީސްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕީޖީން ބުންޏެވެ. ފިޔާޒް ފުލުހުންނަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުން ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި އިންޒާރު ދެއްވީ "ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެ އެވެ. އެހެން ނަމަވެސް ގާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ބަހެއް ރައީސް ވިދާޅުވި އިބާރާތުގައި ނެތްކަން ޕީޖީން ފާހަގަކުރި އެވެ. "މިއީ އިސްވެ ދެންނެވުނު ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ޢަމަލަކަށްނުވާތީ މިއީ ޖިނާއީ ދަޢުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް މި އޮފީހުން ނިންމީ އެވެ." ޕީޖީ އޮފީހުން ބުންޏެވެ.

ގާނޫނުގައި އިންޒާރު ދިނުމުގެ ކުށްކަމުގައި ބުނެފައިވަނީ

  • ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ ބާބު - އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމައެވެ. އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކައިފިނަމައެވެ. 
  • ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާ – އިންޒާރެއް ދިންކަމަށް ގާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ޢާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފައިވާ ނަމައެވެ. 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް