Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އީދާ ގުޅިގެން ވެހިކަލް ދުއްވުން މަނާކުރި ނިިންމުން ބާތިލުކޮށްފި

އީދާ ގުޅިގެން ވެހިކަލް ދުއްވުން މަނާކުރި ނިިންމުން ބާތިލުކޮށްފި

މިއަދު ފާހަގަކުރާ ފިތުރު އީދު ދުވަހާ ގުޅިގެން މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރި ނިންމުން ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އީދާ ގުޅިގެން މިއަދު ހަވީރު 16:00 އިން 18:00 އަށް ގްރޭޓަރ މާލެ ސަރަހައްދުގައި  އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އަދި އޭގެ އިތުރުން މިއަދު ހަވީރު  16:00 އިން ރޭގަނޑު 23:30 އާއި ދެމެދު ގްރޭޓަރ މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުމަކީ ވެސް މަނާކުރި އެވެ.

Advertisement
Allied Insurance — Square (box)

ނަމަވެސް ޓްރާންސްޕޯޓް  މިނިސްޓްރީން މިއަދު ހަވީރު ފަހެއް ވެސް ޖަހަން އުޅެނިކޮށް އެކްސްގައި ބުނީ އިއްޔެ ކުރި އިއުލާން ބާތިލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އިއުލާން ބާތިލުކުރި ސަބަބެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

އީދާ ގުޅިގެން އާންމުކޮށް ގްރޭޓާ މާލޭގައި ހަވީރު ވެހިކަލް ދުއްވުން މަނާކުރެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް