Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކެލަޔާއި ކާށިދޫ ފަޅުގައި ރިސޯޓް ހަދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ކެލަޔާއި ކާށިދޫ ފަޅުގައި ރިސޯޓް ހަދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
ކ. ކާށިދޫ އާއި ހއ. ކެލާ ފަޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ. އެ މިނިސްޓްރީން އިއްޔެ ވަނީ އެ ދެ ރަށުގައި ރިސޯޓު ތަރައްގީކުރަން ވަކިވަކިން ބީލަމަށް ހުޅުވާލާފަ އެވެ. ކ. ކާށިދޫ
  • 115.21 ހެކްޓަރު ހިއްކަން ޖެހޭ
  • ތަރައްގީކުރަން ޖެހެނީ 100 އެނދުގެ ޓޫރިސްޓު ރިސޯޓެއް
  • ކުއްޔަށް ދޫކުރަނީ 50 އަހަރަށް
  • ބިޑު ސެކިއުރިޓީ އަކީ 25،000 އެމެރިކާ ޑޮލަރު
ހއ. ކެލާ ފަޅުގައި ދެ ރިސޯޓެއް ހަދަން ބީލަމަށް ހުޅުވާލާފައިވެ އެވެ.
  • އެއް ރަށަށް 156.2 ހެކްޓަރު ހިއްކަން ޖެހޭ (200 އެނދުގެ ޓޫރިސްޓު ރިސޯޓެއް)
  • ދެވަނަ ރަށަށް 169.3 ހެކްޓަރު ހިއްކަން ޖެހޭ (200 އެނދުގެ ޓޫރިސްޓު ރިސޯޓެއް)
  • ކުއްޔަށް ދޫކުރަނީ 50 އަހަރަށް
  • ބިޑު ސެކިއުރިޓީ އަކީ 25،000 އެމެރިކާ ޑޮލަރު
އެ ރަށްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 15 ވާ އަންގާރަ ދުވަހުގެ 10:00 ގައި އަދި 06 މޭ ވާ އަންގާރަ ދުވަހުގެ 13:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، ބީލަން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. ބީލަށް ހުށަހެޅުމުގެ ސުންގަޑި އަކީ 05 ޖޫން ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އެވެ. ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީ ކުރުމަށް ޓަކައި، އެ ރަށުގެ ފަޅު ތެރެއިން ޖުމުލަ 325.5 ހެކްޓަރު ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެވެ. އެހެންވެ ކެލާގެ އިހުތިސޯސަށް ވަނީ ބަދަލުގެނެސްފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް