Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފުޅިތަކަކަށް ބަނގުރާ އަޅައިގެން ދަތުރުކުރަނިކޮށް އަތުލައިގެންފި

ފުޅިތަކަކަށް ބަނގުރާ އަޅައިގެން ދަތުރުކުރަނިކޮށް އަތުލައިގެންފި

ފެން ހުސްކުރި ފުޅިތަކަކަށް ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅައިގެން ދަތުރުކުރި ވޭނެއް ހުއްޓުވައި، އެ ތަކެތި އުފުލި ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިތަކެއް އަޅާފައިވާ ފޮށިތަކެއް އަރުވައިގެން ވޭނެއް ހުޅުމާލެއަށް ދަތުރުކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ރޭ 9:46 ހާއިރު، ހުޅުމާލޭގެ ރީތިގަސް މަގުން އެ ވޭން ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ގިނަ އަދަދެއްގެ 500 އެމްއެލްގެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Allied — Dhen Online (box)

"ވޭން ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 75 ފުޅި ފެނިފައިވޭ،" މެސެޖުގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އާ ގުޅިގެން ވޭން ދުއްވަން އިން ނޭޕާލް ފިރެހެނެއް ކަމަށްވާ ތިރުތަ ބަހާދުރު ބީކޭ (37އ) އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމުގަ އެވެ.

އެ ވޭން ޓޯކޮށް ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް