ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 15 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
ބްރޯޑްކޮމްގެ މެންބަރަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުމާއ ސިވިލް ސާވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގްރާރު އަދި ކުށާއި ދަރަނީގެ ރެކޯޑުގެ އިތުރުން ކުރިމަތިލާ ފަރާތުގެ ވަނަވަރު ރައީސް އޮފީިހަށް ހުށަހެޅުމަށް އެދިފައިވެ އެވެ.
އެ ކޮމިޝަންގެ މެންބަރުކަމަށް ހުޅުވާލާފައިވަނީ މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުން ވަކިކުރަން ނިންމާފައިވަނިކޮށް ކޮމިޝަންގެ ނައިބް ރައީސްގެ މަގާމުން މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމުންނެވެ.
ބްރޯޑްކޮމްގައި މި ވަގުތު 6 މެންބަރުން ތިބެ އެވެ. ކޮމިޝަންގެ ރައީސަކީ ސަފާ ޝަފީގު އެވެ.