ޚަބަރު

ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އިސްތިއުފާ ދެެއްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އަހްމަދު ޝާފިއު --

ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ޝާފިއު މަގާމުން އިސްތިއުފާ ދެެއްވައިފި އެވެ.

Ads by MPL

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޝާފިއު ވިދާޅުވީ މިއަދުން ފެށިގެން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. މަސްވެރި ސިނާއަތުގެ ކަންކަން ހައްލުކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަަމަށް ވަނީ ވިދާޅުވެފަ އެވެ.

މަގާމުން އިސްތިއުފާ ދެއްވި ސަބަބު އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.

ޝާފިއުއަކީ މަސްވެރިކަމާ ގުޅުންހުރި ހަބަރުތަކަށް ހާއްސަ "މަސްވެރިން އޮންލައިން" ގެ ފައުންޑަރުގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެވެ. އަދި އޭނާ ގެންދަވަނީ ހުވަދޫގެ މަސްވެރިންނަށް ބޭނުންވާ ޑައިވިން ސާމާނު ވިއްކާ "ވަން އޯޝަން މޯލްޑިވްސް" ގެ މެނޭޖިން ޑިރެކްޓަރުކަމާއި ސީއީއޯގެ މަގާމު ވެސް އަދާކުރައްވަމުންނެވެ.

ގެމަނަފުއްޓަށް ނިސްބަތްވާ ޝާފިއު ވަނީ ރަށު ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.

Ads by Ooredoo