ޚަބަރު

18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓަން ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓަން ސޮއިކުރުން--

ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގް ރިނިއުބަލް އެނާޖީ (އެޝުއާ) ޕްރޮޖެކްޓް ގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށެއްގައި އެނާޖީ މެނޭޖްމަންޓް ސިސްޓަމްސް (އީއެމްއެސް) އާއެކު 38 މެގަވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) ބަހައްޓަން ހަވާލުކޮށްފި އެވެ.

Ads by STELCO

މިއަދު ހެނދުނު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ޖޭވީ އޮފް ޝިޖިއާޒުއަންގް ކެލިން އިލްކެޓްރިކް ކޯ ލިމިޓެޑް އާއި ގޯޑިއަން ނަންޖިންގް އޮޓޮމޭޝަން ކޯ ލިމިޓެޑް އަދި ސައިނޯ ސޯއާ ހައިބްރިޑް (ބެއިޖިން) ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.

ބެޓެރީ ސިސްޓަމްތައް ބަހައްޓާ ރަށްތައް

  • ހދ. ހަނިމާދޫ - 2000 ކިލޯ ވޯޓް އަވާ
  • ށ. މިލަންދޫ - 2500 ކިލޯވޯޓް އަވާ
  • ނ. ހޮޅުދޫ - 1500 ކިލޯވޯޓް އަވާ
  • ނ. މަނަދޫ - 3000 ކިލޯވޯޓް އަވާ
  • ނ. ވެލިދޫ - 3000 ކިލޯވޯޓް އަވާ
  • ރ. އަލިފުށި - 2000 ކިލޯވޯޓް އަވާ
  • ރ. ހުޅުދުއްފާރު - 1500 ކިލޯވޯޓް އަވާ
  • ބ. ދަރަވަންދޫ - 2500 ކިލޯވޯޓް އަވާ
  • ބ. ތުޅާދޫ - 3000 ކިލޯވޯޓް އަވާ
  • މ. މުލައް - 2000 ކިލޯވޯޓް އަވާ
  • މ. މުލީ- 2000 ކިލޯވޯޓް އަވާ
  • މ.ވޭވަށް - 500 ކިލޯވޯޓް އަވާ
  • މ. ރަތްމަންދޫ - 500 ކިލޯވޯޓް އަވާ
  • ތ. ގުރައިދޫ- 500 ކިލޯވޯޓް އަވާ
  • ތ. ތިމަރަފުށި - 3000 ކިލޯވޯޓް އަވާ
  • ގއ. މާމެންދޫ - 1000 ކިލޯވޯޓް އަވާ
  • ގދ. ފަރެސްމާތޮޑާ - 3000 ކިލޯވޯޓް އަވާ
  • ގދ. ގައްދޫ - 2500 ކިލޯވޯޓް އަވާ

މިއީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑީގެ ދަށުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދާ  މަޝްރޫއެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

"މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުން މި ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒް ކުރުމަށް  މަގުފަހިކޮށްދިނުމާ އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގައަށް ގުޅުމަށް ފުރުޞަތު ފަހިވެގެން ދާނެ. އަދި މަގޭ ސޯލަރ ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގަ އާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލަރ ޕީވީ ހަރުކުރުމަށްވެސް މަގުފަހިވެގެން ދާނެ." ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި އެ ސިސްޓަމްތައް ބެހެއްޓުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި 125 މިލިއަން ރުފިޔާގެ ތެލުގެ ހަރަދުވެސް އަހަރަކު ސަލާމަތްކުރެވޭނެ ކަމަށެވެ.

Ads by Ooredoo