18 ސްކޫލެއްގެ ނުނިމި ހުރި މަސައްކަތްތައް ކުރަން ތިން ކުންފުންޏަކާ ހަވާލުކޮށްފި

18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތަށް ކުރުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީ، ފެނަކަ އަދި އާރުޑީސީއާ އެވެ. އަދި އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ވަނީ ސޮއިވެސްކޮށްފަ އެވެ.
އެގޮތުން ފެނަކައިގެ ފަރާތުން އެ އެއްބަސްވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ސޮއިކުރެއްވި އިރު އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ޑީސީޕީ އަހުމަދު ސައުދީ އެވެ.
މަޝްރޫއުތައް ހިންގާ ސްކޫލުތައް
- ހއ. މޮޅަދޫ
- ހދ. ނޮޅިވަރަންފަރު
- ހދ. ނޭކުރެންދޫ
- ށ. ބިލެތްފަހި
- ރ. އންނަމާދޫ
- ރ. ދުވާފަރު
- ބ. ކުޑަރިކިލު
- އއ. މަތިވެރި
- ތ. ގާދިއްފުށި
- ގދ. ވާދޫ
- ހއ. މާރަންދޫ
- ކ. ގުޅި
- ތ. މަޑިފުށި
- ހދ. ނައިވާދޫ
- ލ. މާވަށް
- އއ. މާޅޮސް
- އދ. ފެންފުށި
އެ މަޝްރޫއުތަކަށް ޖުމްލަ 114.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
