Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ރައްޔިތުންގެ މަޖިލިސް

ހަންކެޑެ މަޝްރޫއުގެ މަސައްކަތް ލަސްވާ ސަބަބު އެސްއޯއީ ކޮމިޓީން ބަލައިދޭން އެދިއްޖެ

ހަންކެޑެ މަޝްރޫއުގެ މަސައްކަތް ލަސްވާ ސަބަބު އެސްއޯއީ ކޮމިޓީން ބަލައިދޭން އެދިއްޖެ

އައްޑޫ ސިޓީގެ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާ ސަބަބު މައްސަލަ މަޝްރޫއު ކުރިއަށް ގެންދާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ އިސްވެރިން ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސެސް ކޮމިޓީއަށް ހާޒިރުކޮށް ސާފުކޮށްދިނުމަށް އެދި ހުށަހަޅައިފި އެވެ.

ހަންކެޑެއަކީ މަރަދޫ އާއި ހިތަދޫ އާ ދެމެދު އޮންނަ ތަނެކެވެ. އެ ތަން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން މަސައްކަތްކުރި އެވެ. އެހެންނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް ހުއްޓައިލި އެވެ. އޭގެ ފަހުން އެ މަޝްރޫއު ކުރިއަށް ނުގެންގޮސް މަޑުޖެހިފައި އޮތުމަށް ފަހު، އެމްޑީޕީގެ މިދިޔަ ވެރިކަމުގެ ފަހު އަހަރު ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދަން އިއުލާނުކުރި އެވެ.

އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންޓްރެކްޓް (އީޕީސީ) އުސޫލުން ހަންކެޑެ ތަރައްގީކުރަން ހަވާލުކުރީ ޗައިނާގެ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީއީސީ) އާ އެވެ.

Advertisement
Ooredoo — Square (box)

ރިއަލް އެސްޓޭޓް ޓޫރިޒަމް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއަށް ބޭންކް އޮފް ޗައިނާއިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ވެސް ވަނީ ނަގާފަ އެވެ.

ހަންކެޑެ މައްސަލަ ނުފެށި ދިގުލައިގެން ގޮސްފައިވުމާ އެކު އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން މަޝްރޫއުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބު އޮޅުންފިލުވުމަށް އެދި ހިތަދޫ މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު އަޒާން މަރްޒޫގް ވަނީ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ސިޓީ ފޮނުއްވާފަ އެވެ.

އަޒާން ފޮނުއްވި ސިޓީގައި ވިދާޅުވީ ހަންކެޑެގައި އިންޓްގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރުމަށް އެމްއެފްއެމްސީން ސީއެންއީއީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައިވާތީ އެކަމާ ގުޅިގެން އައްޑޫގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް އޮތް ކަމަށެވެ.

އެމްއެފްއެމްސީ އާއި ހަންކެޑެގެ މަސައްކަތް ހަވާލުކުރީ 2023 ވަނަ އަހަރުގައި ކަމަށާއި މި ސަރުކާރުން މިދިޔަ އަހަރުގެ އެޕްރީލު މަހުގެ 15 ވަނަ ދުވަހު ބަޑިބޭހުގެ ކުޅިވަރުތަކާ އެކު އެ މަޝްރޫއު އިފުތިތާހުކުރަން ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.

[caption id="attachment_278873" align="alignnone" width="690"]<img class="size-large wp-image-278873" src="https://cdn.dhen.mv/wp-content/uploads/2025/04/x4b6Mxu0S56zsSdVn81d5a48SFpbOJQEMbvOfZ2l-1-1024x683.jpg" alt="" width="690" height="460" /> ހިތަދޫ މެދު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަހްމަދު އަޒާން މަރްޒޫގް / ފޮޓޯ:މަޖިލިސް[/caption]

އަޒާން ވިދާޅުވި ގޮތުގައި ރަސްމިއްޔާތު ބޭއްވި ފަހުން އަހަރެއްހާ ދުވަސް ފާއިތުވެގެންދާއިރު، ހަންކެޑެ ސަރަަހައްދުގެ ބައެއް ރުއްގަސް ނެގުން ފިޔަވައި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމުގަ އެވެ.

ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާ ސަބަބުތައް އައްޑޫ ސިޓީގެ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭކަން ފާހަގަކޮށް ސިޓީގައި ވަނީ މަޖިލިހުގެ އެސްއޯއީ ކޮމިޓީއަށް އެމްއެފްއެމްސީގެ އިސްވެރިން ހާޒިރުކޮށް މައުލޫމާތު ސާފުކޮށް، އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފަ އެވެ.

ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމަށް ހާއްސަކުރި ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. އެ ސަރަހައްދުގައި ގެސްޓު ހައުސްތަކާއި ހޮޓާތަކުގެ އިތުރުން ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް އެކި ބާވަތުގެ ވިޔަފާރިތައް ގާއިމުކުރަން ވެސް ކުރީ ސަރުކާރުން ވަނީ ރާވާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް