މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

ލ. ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ލ. މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯނުވެ ގޮސް އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ ރޭ ދަންވަރު 1:40 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ނިޔާވީ ލ. މާބައިދޫ، ސޫރަޖް ވިލާ، އިބްރާހިމް ނައުޒަމް (30އ) ކަމަށެވެ.
އޭނާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 08:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

Ads by Allied Insurance