ދުނިޔެ

2500 އަހަރު ކުރިން ވަޅުލާފައިވާ ސަންދޯއްތަކެއް މިސްރުން ފެނިއްޖެ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މިސްރު: 2500 އަހަރު ކުރިން ވަޅުލާފައިވާ ސަންދޯއްތަކެއް މިސްރުން ފެނިއްޖެއެވެ.

Ads by WAMCO

އަރަބި މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ސަންދޯއްތައް ފެނިފައި ވަނީ ވެރިރަށް ގާހިރާގެ ދެކުނުގައިވާ ގިޒާ ގެ ސައްޤާރާއިންނެވެ.

އދ.ގެ ޘަގާފަތާއި ތާރީޚާއި ބެހޭ ޖަމްޢިއްޔާ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ހިމަނާފައިވާ ސައްޤާރާއަކީ 3000 އަހަރަށް ވުރެ ގިނަ ދުވަހު މީހުން ވަޅުލުމަށް ބޭނުން ކުރި ތަނެއް ކަމަށް ތާރީޚީ އިލްމުވެރިންނާ ހަވާލާދީ މީޑިއާތައް ބުނެއެވެ. އަދި އެތަނަކީ ދުނިޔޭގެ އެންމެ ބޮޑު ގަބުރުސްތާނުކަމުގައި ވެސް ތާރީޚީ އިލްމުވެރީން ބުނެފައި ވެއެވެ.

ސައްޤާރާއިން 27 ސަންދޯކެއް ވަނީ ފެނިފައެވެ. އެ ސަންދޯއްތައް ވަނީ އެކި ކުލަކުލައިން ޖަރީ ކޮށްފައެވެ. އަދި ތަފާތު ކުރެހުންތައް ވެސް އެ ސަންދޯއްތަކުގައި ވެއެވެ. އެ ސަންދޯއްތައް ނަގާފައި ވަނީ 11 މީޓަރު އަޑީންނެވެ.

މިސްރަކީ މުއްސަނދި ތާރީޚެއް އޮތް ގައުމެކެވެ. މޫސާ ޢަލައިހި ސަލާމާއި ޔޫސުފްގެފާނާއި މި ނޫން ވެސް އެތައް ބޭކަލުންގެ ދިރިއުޅުއްވުން ގުޅިފައި އޮތް މިސްރުގެ ތާރީޚް ބަލާ ، ހޯދުންތައް ހޯދުމަކީ އެގައުމުގެ ސަރުކާރުން އަބަދު ވެސް ވަރަށް އިސްކަމެއް ދީގެން ކުރާ މަސައްކަތެކެވެ. އަދި އެ މަސައްކަތްތަކަށް ޚާއްޞަ އިދާރާ ވެސް ކަނޑައެޅިފައި ހުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!