Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރަސްދޫގައި ފިހުނު ފިރިހެން މީހާ ވެސް މަރުވެއްޖެ

ރަސްދޫގައި ފިހުނު ފިރިހެން މީހާ ވެސް މަރުވެއްޖެ

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ވެސް މަރުވެއްޖެ އެވެ.

ރަސްދޫގައި މިދިޔަ މަހު 24 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެ ރަށު އަލީ ސާމިން (31 އ.) ގެ ހަށިގަނޑު 78 އިންސައްތަ ވަނީ ފިހިފަ އެވެ.

ސާމިން މިއަދުގެ ވަގުތެއްގައި މަރުވީ، އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށެވެ. ފުރަތަމަ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ދުވަސްތަކެއް ވަން ދެން ފަރުވާ ދިނުމަށް ފަހު އިންޑިއާއަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހުގަ އެވެ.

Advertisement
Ooredoo — Truecaller (box)

ސާމިން މަރުވި ކަން "ދެން"އަށް އޭނާގެ ގާތް މީހުން ޔަގީންކޮށްދިނެވެ.

އަލިފާނުގެ ހާދިސާގައި ފިހުނު ސާމިންގެ އަންހެނުން އައިޝަތު ރިފްގާއަށް އައިޖީއެމްޗުގައި ފަރުވާދެމުން ދަނިކޮށް ވަނީ ހުސްވި މަހުގެ 31 ވަނަ ދުވަހު ވަނީ ނިޔާވެފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް