ޚަބަރު

އުންމީދަކީ ފަލަސްޠީނުގައި ޔަހޫދީ ދައުލަތް އޮތްހާ ހިނދަކު މިގޮތުގައި ދިވެހި ދައުލަތް ދެމިއޮތުން- ޝެއިޚް ސަމީރު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މި މަހުގެ 15 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސަރުކާރުން ފަލަސްޠީނުގެ ބިންތައް ހިފާ ގެންއުޅޭ ޒައިނިސްޓް ޔަހޫދީން އުފައްދާފައިވާ " އިޒްރޭލް" އޭ ކިޔާ ދައުލަތުގެ ޕާސްޕޯޓު މަނާކުރުމުން އުއްމީދަކީއުންމީދަކީ ފަލަސްޠީނުގައި ޔަހޫދީ ދައުލަތް އޮތްހާ ހިނދަކު މިގޮތުގައި ދިވެހި ދައުލަތް ދެމިއޮތުން ކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ނައިބްރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

Ads by MPL

ފަލަސްތީނުގެ ޙައްޤު އެންމެ ފުޅާކޮށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު މިހެއް ވިދާޅުވެފައިވަނީ އިޒްރޭލް ގެ ޕާސްޕޯޓު މަނާކުރުމުން ހަމާސް ޖަމާއަތުން އެކަށް ފާހަގަކުރިކަމަށް އަލްޖަޒީރާގައި ޢަރަބި ބަހުން ލިޔެފައިވާ ޕޯސްޓެއް ޝެއާކުރައްވާ ޝެއިޚް ފޭސްބުކު ޕޭޖުގައި ލިޔުއްވާފައިވާ ސްޓޭޓަސްއެއްގައެވެ.

"އިޒްރޭލޭ ކިޔާ ދައުލަތުގެ ޕާސްޕޯޓު މަނާކުރުމަށް ނިންމެވި ނިންމެވުމަށް ޙަމާސް ޖަމާޢަތާއި ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން ދަނީ މަރުޙަބާ ކިޔަމުން، މި ނިންމެވުމަކީ ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ އިތުރުން ޢަދުލުއިންސާފާއި މިނިވަންކަމާއި އިންސާނީ ކަރާމަތަށް ލޯބިކުރާ ހުރިހާ ޤައުމުތަކާއި ޖަމާޢަތްތަކަށްވެސް ނަމޫނާއެއްކަމުގައި ދެކެން." ޝެއިޚް ސަމީރު އިތުރަށް ފާހަގަކޮށް ލިޔުއްވާފައިވެއެވެ.

އަދި މިހާރު ޣައްޒާގައި ހިނގަމުންއަންނަ ލާއިންސާނީ ޤަތުލު ހުއްޓާލަށްދެން ދިވެހި ސަރުކާރުން ޔަހޫދީންގެ ޕާސްޕޯޓު ގައި ރާއްޖެއަށް އެތެރެވުން މަނާކުރި ކުރުމަކީ ހިތްވަރުގަދަ ޢަމަލެއްގެ ގޮތުގައިވެސް ޝެއިޚް ސަމީރު ވަނީ ސިފަކުރައްވާފައެވެ. އަދި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއާއި ޕާސްޕޯޓު މަނާކުރަށް ވަކާލާތު ކުރި އެންމެހައި ފަރާތްތަކަށް ޝެއިޚް ސަމީރު ވަނީ ޝުކުރު ވެސް އަދާކުރައްވާފައެވެ.

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުން އިމާގްރޭޝަން ޤާނޫނަށް ބަދަލުގެނެސް ޔަހޫދީންގެ ޕާސްޕޯޓު މަނާކުރުމަށް މަޖްލީހުގެ ތަޅުމުން ފާސްކުރީ އެދުވަހުގެ ޖަލްސާގައި ތިއްބެވި 83 މެމްބަރުންގެ އިއްތިފާގުންނެވެ. މިގޮތަށް މަޖްލީހުން ފާސްކުރުމާއި އެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އެއިސްލާހު އެދުވަހުން ދުވަހަށް ތަސްދީގު ކުރައްވައިފައެވެ.

Ads by Allied Insurance