ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު މީހަކަށް ފަރުވާ ދެނީ

މާލެ، ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހެންވޭރުގައި ހުންނަ ގެއެެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 7:23 ހާއިރު ކަމަށެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު އެ މީހާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ވެއްޓިފައި އޮތްވާ ފެނިފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެއް ކަމުގަ އެވެ.
ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.