ޚަބަރު

ފުރާޅުމައްޗަށް ވެއްޓުނު މީހާ އަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އައިޖީއެމްއެޗް ހޮސްޕިޓަލް / ފޮޓޯ: ދެން އިމޭޖްސް

މާލެ، ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު މީހާ އަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ބާއްވައިގެން ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

Ads by STELCO

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފުރާޅު މައްޗަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ހެނދުނު 7:23 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ ވެއްޓިފައި އޮތްވާ ފެނިފައި ވަނީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

އައިޖީއެމްޗުން ބުނީ އެ އަންހެން މީހާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.

Ads by Ooredoo