ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

ވައިގެ މަގުން ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފި އެވެ.
ކަސްޓަމްސްއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތަކެތި އަތުލައިގަތީ އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަަމަށެވެ.
ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި ތަކެތި އަތުލައިގެންފައި ވަނީ އިއްޔެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި ސިއްރުން އެތެރެކުރަން މަސައްކަތްކުރީ 130،155 ސިނގިރޭޓު ސްޓިކްސް ކަމުގަ އެވެ.
މައްސަލަ އާ ގުޅޭ އިތުރު ތަފުސީލެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ.