އޮޅުވާލައިގެން ބިމެއް ވިއްކަން އުޅުނު އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

އެޗްޑީސީގެ ކުރީގެ މުވައްޒަފަކު އެ ކުންފުނީގެ ނަމުގައި އޮޅުވާލައިގެން ބިމެއް ވިއްކަން އުޅުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ތަހުގީގުކޮށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލް އޮފީހަށް ހުށަހަޅައިފި އެވެ.
އޭސީސީން މިރެ ޝާއިއުކުރި ހަބަރެއްގައިވާ ގޮތުން އެ މައްސަލައިގައި ދައުވާކުރަން ފޮނުވީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރގެ މަގާމުގައި ކުރިންހުރި ކ.މާލެ، މ.ސީވިންޑް، ފުތިހަ ޝާކިރު ގެ މައްޗަށެވެ.
އެޗްޑީސީން ބުނީ 2022 ވަނަ އަހަރު ޝާކިރު އެޗްޑީސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 އަކަފޫޓުގެ ބިމެއް ވިއްކާނެކަމަށް ބުނެ، އެ ކުންފުނީގެ ނަމުގައި ސައްހަ ނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، ޖުމްލަ 550،000 ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށެވެ.
އެހެންވެ ޝާކިރުގެ މައްޗަށް ކޮށްދޭން އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދައުވާ އެވެ.
އަދި ބިން ވިއްކާނެކަމަށް ބުނެ ޝާކިރު އޮޅުވާލައިގެން ނެގި ފައިސާ ރުފިޔާ ވެސް ދައުވާގެ ތެރެއިން ނަގައިދިނުމަށް ވެސް އޭސީސީން އެދިފައި ވެއެވެ.
