ޚަބަރު

އަލުން ތަރައްގީކުރާ ސިނަމާލެ ފްލެޓްތަކުގެ ކޮންސެޕްޓް ފާސްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލޭ ސިޓީ ކައުންސިލް---

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދުވަސްވަރު އެޅި ސިނަމާލެ ފްލެޓްތައް ހުންނަ ތަން އަލުން ތަރައްގީކުރަން ކޮންސެޕްޓް ފާސްކޮށްފި އެވެ.

Ads by STELCO

ދެހާސް ތޭވީސް ވަނަ އަހަރުގެ އޮގަސްޓު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން މާލޭ ސިޓީ ކައުންސިލްއިން އެ މަޝްރޫއު ހަވާލުކުރީ ހޮންކޮންގައި ރަޖިސްޓްރީ ކޮންގެން ހިންގާ، އެސްއެފް ޕްރޮޖެކްޓް ކޮންސަލްޓެންސީ ލިމިޓެޑް އާއިއެވެ. އެ މަޝްރޫއުގެ ދަށުން  ސިނަމާލެ ފްލެޓް 1،2،3 އަދި މާލެ ހިޔާ 1،2 ފްލެޓްތައް ތަޅާލައި އެ ބިންތަކުގައި އާ ޓަވަރުތައް އަޅަން ވަނީ ނިންމައިފަ އެވެ.

އަލުން ސިނަމާލެ ފްލެޓްތައް ތަރައްގީކުރަން ކޮންސެޕްޓް ފާސްކުރީ އިއްޔެ މާލޭ ސިޓީ ކައުންސިލްއިން ބޭއްވި ޖަލްސާގަ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އިއްުޔެ ފާސްކުރި  ކޮންސެޕްޓަކީ އޮރިޖިނަލް އެގްރިމެންޓުގެ ދަށުން ޑިވޮލަޕަރު ތަރައްޤީ ކުރުމަށް ހުށަހަޅާފައިވާ ކޮންސެޕްޓަށް ވުރެ، ޖާގައިގެ ގޮތުން ތަނަވަސް ، ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރި ކަމަށް ވިސްނާ، އަދި ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް ޕާކިން ޖާގަ އިތުރުކުރެވިފައިވާ ފުރިހަމަ ކޮންސެޕްޓެއް ކަމަށެވެ،

ކުރިން ހޮންގްކޮންގް ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ދަށުން ނިންމާފައި އޮތީ 1500 ފްލެޓް އެޅުމަށެވެ.

ނަމަވެސް، އެ ފްލެޓްތައް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި، ތަރައްގީ ކޮށްފައިވާ ހޭންޑްބޯލް ކޯޓް އެ ބިމުގައި ހުރުމުން، ހޭންޑް ބޯލް ކޯޓް ހުރި ބިމުން (3310 އަކަ މީޓަރު ) އުނިކުރުމުން ފްލެޓް އަޅަން މިހާރު އޮތް ސަރަހައްދު ކުޑަވުމުން އެ ބިމުގައި ދެން އިމާރާތް ކުރެވެނީ ޖުމްލަ 1360 ފްލެޓް ކަމަށް މާލޭ ސިޓީ ކައުންސިލްއިން ބުންޏެވެ.

އެ ޕްރޮޖެކްޓުގެ ދަށުން އިމާރާތް ކުރަން ހަމަޖެހިފައިވާ އިމާރާތްތަކުގެ ތެރެއިން، 20 ފްލޯގެ އެއް ޓަވަރު އަޅަން ބޭނުންވާ ބިން، މިހާރު ވަނީ މަސައްކަތް ކުރާފަރާތާ ހަވާލުކޮށްފައެވެ.

އެ ޕްރޮޖެކްޓްގެ ދެންހުރި ފްލެޓްތައް ޢިމާރާތްކުރަން ހަމަޖެހިފައިވާ ބިންތަކުގައި، ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ ބިންތައް ހުރިކާމަށާއި އެހެން ކަމުން އެ ބިންތައް ކައުންސިލްގެ ނަމަށް ބަދަލުކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ސަރުކާރާއެކު މަޝްވަރާ ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

Ads by HDC