ޚަބަރު

އަންހެން މީހާ ވެއްޓުނު މައްސަލައިގައި ރައުދު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައުދު އަހްމަދު ޒިލާލް: ފުލުހުން ބުނީ ތަހުގީގަށް އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރުކުުރުމުގެ އަމުރަކަށް އެދިފައިވާ ކަމަށް

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާގައި ތުހުމަތު ކުރެވުނު ރައުދު އަހުމަދު ޒިލާލު އެންމެ ފަހުން ހައްޔަރުކޮށްފި އެވެ.

Ads by STELCO

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮތްވާ ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އޭނާގެ ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިރޭ 06:20 ކަންހާއިރު އަންހެން މީހާ ވެއްޓުނު ވަގުތު އޭނާއާއެކު އުޅުނު ރައުދު ހައްޔަރުކޮށް އޭނާއާއެކު އެ މައްސަލައިގައި ތުހުމަތުކުރެވޭ އެންމެންގެ ފޯނުވެސް ހިފަހައްޓާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ހަމަ އެ މައްސަލައިގައި މާންދޫގެ ޓެރަސްއާއި ދެވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ތިންވަނަ ފަންގި ފިލާވެސް ބަލާ ފާސްކޮށްފައިވާ ކަމަށެެވެ.

ފުލުހުން ރައުދު ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ނެވެ.

ފުލުހުން މިއަދު ބުނިގޮތުގައި ރައުދު ހައްޔަރުކުރުން ލަސްވީ އެ މައްސަލައިގައި ދައުވާކުރަން އެކަށީގެންވާ ވަރަށް ހުރިހާ ހެއްކެއް ހޯދަން ވަގުތު ބޭނުންވާތީ ކަމަށެވެ. އެގޮތުން ހައްޔަރުކުރާތާ 30 ދުވަސް ތެރޭގައި ހެކި ނުހޯދިއްޖެނަމަ ކޭސް ފެއިލްވެދާނެކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ރައުދުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަންހެން ވެއްޓުމުގެ ކުރިން އެންމެ ފަހުން އުޅުނީ ރައުދުއާއެކު ގެއެއްގެ ސިޑިމަތީގަ އެވެ.

ފުލުހުން މިއަދު ވަނީ އެ މަންޒަރުތައް ފެންނަ ސީސީޓީވީ ފުޓޭޖުވެސް މިއަދު އާންމުކޮށްފަ އެވެ.

އިމާރާތުން ޒުވާނާ ވެއްޓުނު ގޮތާއި މައްސަލައިގައި ފުލުހުން އަމަލުކުރަމުން ގެންދާ ގޮތާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކަމާ ގުޅިގެން ކުރެވޭ ތުހުމަތުތަކާ އެކު ޒުވާނާއަށް އިންސާފު ނުލިބޭ ކަމަށް ބުނެ ޒުވާނުންނާއި އާންމުންގެ ގިނަ ބަޔަކު މަޖީދީ މަގުގައި ހުންނަ ފުލުހުންގެ ސާޖެންޓް އާދަމް ހަލީމް ބިލްޑިން ކުރިމަތީގައި ރޭ ވަނީ އިހުތިޖާޖުކޮށްފަ އެވެ.