Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޒަކިއްޔާގެ މަރުގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް ކޮމިޝަނެއް އުފައްދަން އެދިއްޖެ

ޒަކިއްޔާގެ މަރުގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް ކޮމިޝަނެއް އުފައްދަން އެދިއްޖެ
މީގެ ހަތް މަސް ދުވަސް ކުރިން ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް އެކަމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދުމަށް އޭނާގެ އާއިލާއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުން އެދިވަޑައިގެންފި އެވެ. ޒަކިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާމިނަތު ޝަޒިއްޔާ މިއަދު ނެރުނު ބަޔާނެއްގައި ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުންގެ ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ފާހަގަކޮށް ބުނީ، ފުލުހުން މަސައްކަތްކުރަނީ ޒަކިއްޔާ އަމިއްލަ އަށް މަރުވި ކަމަށް ދެއްކުމަށް ކަމަށެވެ. ހަގީގަތް ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާ ކަމަށާއި ފެންނަނީ ކަންކަން ފޮރުވަން މަސައްކަތްކުރާ މަންޒަރު ކަމަށް ބަޔާނުގައި ބުންޏެވެ.
ރައީސް އަށް އާއިލާގެ ފަރާތުން ކުރާ އިލްތިމާސަކީ މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް ފުލުހުންގެ ތަހުގީގާ ގުޅޭ ހާއްސަ އިންކުއަރީއެއް ހައްދަވައި ދެއްވައި މިކަމަށް ހާއްސަ ކޮމިޝަނެއް އުފެއްދައިދެއްވުމަށެވެ
https://dhen.mv/279782 އާއިލާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަން:
  • ވާޗުއަލް އޮޓްޕޮސީ ހެދުމަށް 3ޑީ ސްކޭނެއް ކުރި ސުވާލަށް ފުލުހުން ޖަވާބެއް ނުދޭ
  • ސްކޭން ހެދި ތާރީހެއް، ޑޮކްޓަރެއް ބުނެ ނުދެވުނު
  • އަމިއްލަ އަށް ޒަކިއްޔާ މަރުވި ކަމަށް ބުނާ ވާހަކަ ތަފްސީލެއް ކޮށްނުދެވޭ
  • ޒަކިއްޔާ އަށް ގެވެށި އަނިޔާ ލިބިފައިވާ ކަމަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިއިރު ފުލުހުން އެއްވެސް ބަޔަކާ ސުވާލުކޮށްފަ އެއް ނުވޭ
  • ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގުކުރާ ކަމަށް ބުނި ނަމަވެސް 7 މަސް ފާއިތުވިއިރުވެސް ކުރެވުނު ތަހުގީގެއް ނެތް

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް