ޚަބަރު

ޤުރްއާން ހިތުދަސްކޮށްދޭ ކްލާސްތަކުގެ ދަފްތަރެއް އެކުލަވާލަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކީރިތި ޤުރްއާނާ ބެހޭ މަރުކަޒު - ފޮޓޯ: ޕީއެސްއެމް

ކީރިތި ޤުރްއާން ހިތުދަސްކޮށްދޭ ކްލާސްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ފަށައިފި އެވެ.

Ads by STELCO

އެ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އެފަދަ ދަފްތަރެއް އެކުލާވަލައި ބެލެހެއްޓުމަކީ އެ މަރުކަޒަށް ހަވާލުކޮށްފައިވާ މެންޑޭޓުގައި ހިމެނޭ ކަމެކެވެ.

އެހެންވެ ޤުރްއާން ހިތުދަސްކޮށްދޭ ކްލާސްތައް ހިންގާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލާފައިވެ އެވެ. ހުޅުވާލީ މެއި 5ގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

ރަޖިސްޓްރީވުމަށް ގޫގުލް ފޯމެއް ތައްޔާރުކޮށްފައިވެ އެވެ. ރަޖިސްޓްރީވުމަށް ކުރަން ޖެހޭ ކަމަކީ އެ ފޯމު ފުރިހަމަ ކުރުމެވެ.

ފޯމު ފުރުމަށްފަހު ހުށަހެޅުމުން ދަފުތަރުކުރެވޭ ކުލާސްތަކަށް އެމަރުކަޒުން ކަނޑައެޅޭ އުސޫލުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިއުލާނުގައިވެ އެވެ.

Ads by Allied Insurance