އިޒްރޭލު ޕާސްޕޯޓް މަނާކުރުމުން މެލޭޝިޔާގެ ބޮޑު ވަޒީރުގެ ތައުރީފް

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ތައުރީފްކޮށްފި އެވެ.
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާ އަށް ވަޑައިގެން އުޅުއްވާ ރައީސް މުއިއްޒު ވަނީ އެ ގައުމުގެ ބޮޑުވަޒީރާ އެކު މިއަދު ބައްދަލުވުމެއް ބާއްވާފަ އެވެ.
އެ ބައްދަލުވުމުގައި އަންވަރު ވިދާޅުވީ ރާއްޖެއިން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކީ ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ.
ފަލަސްތީނަށް ރާއްޖެއިން މިހާރު ކުރަމުން އަންނަ ތާއީދާއި އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ނިންމި ހިތްވަރުގަދަ ނިންމުމަކީ ހަގީގަތުގައި ވެސް ތައުރީފު ކުރާ ކަމެއް
މެލޭޝިޔާ އަކީ އެއްވެސް އިރެއްގައި އިޒްރޭލު ޕާސްޕޯޓުގައި އެތެރެވެވޭ ގައުމެއް ނޫނެވެ. ރައީސް މުއިއްޒުއާ އެކު ބޭއްވި ބައްދަލުވުމުގައި އަންވަރު ވަނީ އިޒްރޭލާ މެދު މެލޭޝިއާގެ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސް، މެލޭއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމު ދެމެދު މުހިއްމު އެއްބަސްވުންތަކެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
