ޚަބަރު

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަންއަށް ރައީސް މުއިއްޒު ބަދަލުގެންނަވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވަޒީރުން މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް

މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ބަލަން އެކުލަވާލި ކޮމިޝަންއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލު ގެންނަވައިފި އެވެ.

Ads by MPL

ޔުމްނުގެ މައްސަލައިގައި މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ތަހުގީގުކު ރުމަށް ރައީސް މުއިއްޒު ކޮމިޝަނެއް އެކުލަވާލީ މިދިޔަ ހަފްތާގަ އެވެ.

އޭރު އެކުލަވާލި  ކޮމިޝަންގައި އޭރު ރައީސްގެ ގޮތުގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުއާއެކު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު އަދި ޑރ. މުހައްމަދު ހަބީބު ހިމެނެ އެވެ.

ނަމަވެސް މިއަދު ހަބީބް ވަނީ އެ މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްއާ އާއިލީ ގޮތުން ގުޅުން އޮންނަ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވައިފަ އެވެ.

އެއާއެކު ރައީސް މުއިއްޒު މިއަދު ވަނީ ހަބީބްގެ ބަދަލުގައި ބޭފުޅަކާއި އަދި އިތުރު ދެ އަންހެން ބޭފުޅުންވެސް ކޮމިޝަންއަށް އައްުޔަނުކުރައވައިފަ އެވެ.

އެއާއެކު އެ ކޮމިޝަންގައި އަލަށް ދެން ތިއްބަވާނީ ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641 އާއި ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ އަދި އާމިނަތު އީނާސް، ހ. ހަބަރުގެ އެވެ.

ކޮމިޝަންގެ ރިޔާސަތު ދެން ވެސް ބަލަހައްޓަވާނީ މުނައްވަރެވެ.