ޚަބަރު

ސިޔާސީ ކަންކަމާހުރެ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ބޭއިންސާފު އަދިވެސް ނައްތާނުލެވޭ: އަޒާން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން

ސިޔާސީ ކަންކަމާހުރެ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ބޭއިންސާފު އަދިވެސް ނައްތާނުލެވޭކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މަސައްކަތްތެރިންގެ ދުވަހާ ގުޅުވައި އަޒާން މިއަދު އެކްސްގައި ވަނީ ވިދާޅުވީ ޒަމާނުއްސުރެ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އަށަގެންފައި އޮތް ގޯސް އާދައެއް ފާހަގަކުރައްވައިފަ އެވެ.

ްއެއީ ސިޔާސީ ސަބަބުތަކަށްޓަކައި މަސައްކަތްތެރިންނަށް މަސައްކަތުގެ މާޙައުލުގައި ކުރިމަތިވާ ބޭއިންސާފާއި، ތަފާތުކުރުންތަކާއި ގޮންޖެހުންތައް ނައްތާނުލެވުންކަން އަޒާން ފާހަގަ ކުރެއްވި އެވެ.

އެގޮތުން އަޒާން ނިސްބަތްވާ އައްޑޫ ސިޓީގެ ހިތަދޫއަށް ބަލާލިޔަސް، ފާއިތުވި 10 އަހަރު ދުވަހު ވެސް އަދި މިއަދުވެސް މިފެންނަނީ މަސައްކަތުގެ މާޙާއުލުގައި މަސައްކަތްތެރިން ބޭއިންސާފާއި، ތަފާތުކުރުންތަކާއި އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެރިކަމުގެ ތިބޭއިރު، މިފަދަ ކަންކަން ދިފާއުކުރުމުގެ ބަދަލުގައި ނިޒާމުގައި ތެރޭގައި ހުންނަ، މިފަދަ މައްސަލަތައް ޙައްލުކުރަން މަސައްކަތް ކުރަންޖެހޭ" އަޒާން ވިދާޅުވި އެވެ.

ސިޔާސީ ކަންކަމާ ހުރެ މަސައްކަތްތެރިންނަށް ބޭއިންސާފާ ކުރިމަތިލާން ޖެހޭކަން އަޒާން ފާހަގަ ކުރެއްވި އިރު އެމްޑީޕީގައި އުޅޭ އައްޑޫގެ ވެމްކޯގެ އިސް ދެ ބޭފުޅަކު އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެކަން އަޒާން ވަނީ ކުށްވެރިވެސް ކުރައްވައިފަ އެވެ.

Ads by Allied Insurance