ޚަބަރު

އަބްދުއްރަހީމްއާ އެއްވެސް މައްސަލައެއް ނެތް: ރައީސް

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް އަދި އަބްދުއްރަހީމް: /ފޮޓޯ:ދެން އިމޭޖްސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އެމަނިކުފާނާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް މަގާމުން ވަކިކުރުމާއެކު އަބްދުއްރަހީމްއާ ރައީސްއާ ދެ ބޭފުޅުން ދެމެދު ނުތަނަވަސްކަމެއް އުޅޭކަމުގެ ވާހަކަތަކުގެ އަޑުތަކެއް ފެތުރުނުވެ.

ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާކަން އަބްދުއްރަހީމް ވަނީ މިޑީއާއަކަށް ދެއްވި އިންޓަވިއުއެއްގައިވެސް ވިދާޅުވެފަ އެވެ. އޭގެ ފަހުން އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމުން ދުރުކުރަން މަސައްކަތްކުރާ އަޑުތަކެއްވެސް ފެތުރުނެވެ.

ގިނަ ދުވަސްތަކަށް ފަހު މިއަދު ބޭއްވި ޕްރެސްގައި މިނިސްޓަރުކަމުގެ މަގާމުން ވަކިކުރި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ އެއީ އެވަގުތަށް ގެންނަން ޖެހިވަޑައިގެންނެވި ބަދަލުކަމަށްވާތީ ކަމަށެވެ.

އެކަމަކު ފައިސަލް މަގާމުން ވަކިކުރި ސީދާ ސަބަބެއް ރައީސް ވިދާޅެއް ނުވެ އެވެ. އެއީ އަބްދުއްރަހީމްއާ ގުޅުން ގޯސްވެގެންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އެ ވާހަކަތައް ރައީސް ވަނީ ދޮގުކުރައްވާފަ އެވެ.

"އަބްދުއްރަހީމްއާ އަޅުގަނޑަކާ އެއްވެސް މައްސަލައެއް ނެތް، އަބްދުއްރަހީމް އަކީ އޭރުވެސް މިހާރުވެސް ރަހުމަތްތެރި ދެ މީހުން" ރަައީސް މުއިއްޒު ވިދާޅުވި އެވެ.

Ads by HDC