Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑެޕިއުޓީ ޕީޖީއަކަށް ވަކީލު އައިޝަތު އައްޔަންކޮށްފި

ޑެޕިއުޓީ ޕީޖީއަކަށް ވަކީލު އައިޝަތު އައްޔަންކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ބައެއް މަގާމުތަކަށް ބޭފުޅުން ހަމަޖައްސައިފި އެވެ.

އެގޮތުން ޑެޕިއުޓީ ޕީީޖީގެ މަގާމަށް އައްޔަންކޮށްފައިވަނީ އައިޝަތު މުހައްމަދު އެވެ. އަދި އެސިސްޓެންޓް ޕީޖީގެ މަގާމަށް އައްޔަންކުރީ ހުސެއިން ސާމީ އެވެ.

އައިޝަތު އަކީ ޕީޖީ އޮފީހުގައި މި ވަގުތު މަސައްކަތްކުރައްވާ އެންމެ ސީނިއާ އަދި އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވަމުން އަންނަ އެއް ވަކީލެވެ.

Advertisement
Ooredoo — Square (box)

އޭނާ ޕީޖީ އޮފީހުގައި މަސައްކަތްކުރައްވަން ފެއްޓެވީ 2011 ވަނަ އަހަރުން ފެށިގެންނެވެ.

ޕީޖީގެ ވަކީލެއްގެ ގޮތުގައި ސާމީ މަސައްކަތް ކުރައްވަމުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެންނެވެ.

ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި އަލީ ސަމީރު އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް