ޚަބަރު

ޔުމްނު ވެއްޓުނު މައްސަލާގައި ކޮމިޝަނުން ރައުދުއާ ސުވާލުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައުދު އަހްމަދު ޒިލާލް: ތަހުގީގަށް އެއްބާރުލުން ނުދޭ މައްސަލަ އާ ގުޅިގެން ވަނީ ހައްޔަރުކޮށްފައި / ފޮޓޯ:ފުލުހުން

މިދިޔަ މަހު ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލުއާ، އެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން ބައްދަލުކޮށް ސުވާލުކޮށްފި އެވެ.

Ads by MPL

ހ. މިޓާޒު ގޭގެ ފުރާޅުމަތީގައި ޔުމްނު އޮއްވާ ފެނިފައި ވަނީ އެޕްރީލު މަހުގެ 18 ވީ ހުކުރު ދުވަހުގެ ހެނދުނު އެވެ. ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި ވަނީ ޖެހިގެން ހުރި ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ރައުދުއާ ބައްދަލުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި އިއްޔެ ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 5 ދުވަހަށް އިތުރުކޮށްފަ އެވެ. ބަންދުގެ ޝަރީއަތުގެ މަޖިލީހުގައި ރައުދު ބުނީ ޔުމްނު ވެއްޓުމުގެ ކުރިން ދެ މީހުންގެ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށެވެ. އެއީ ކޮންކަމަކާ ގުޅިގެން ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.

އިމާރާތުން ވެއްޓިގެން ލިބިފައިވާ އަނިޔާތަކަށް ޔުމްނުއަށް މެލޭޝިޔާގައި ފަރުވާދެމުންދާއިރު އޭނާގެ އުޅަނބޮއްޓަށް ދާއިމީ އަނިޔާތަކެއް ލިބިފައިވާ ކަމަށް އާއިލާއިން އިއްޔެ ވަނީ ބުނެފަ އެވެ.

Ads by Ooredoo