ޚަބަރު

ހުޅުމާލެއަށް 21: ހުޅުމާލޭގެ ކެފޭތަކާއި ފިހާރަތަކުން ޑިސްކައުންޓް ލިބޭ "ޑިސްކައުންޓް ވީކް" ފަށައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުޅުމާލެއަށް 21 އަހަރު ފުރުން ފާހަގަކުރަން ކެފޭތަކާއި ރެސްޓޯރެންޓުތަކުން ޑިސްކައުންޓް ލިބޭ "ޑިސްކައުންޓް ވީކް" އެއް ވަނީ ފަށާފައި / ފޮޓޯ:އެޗްޑީސީ

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހުޅުމާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތަކުން ޑިސްކައުންޓް ލިބޭ "ޑިސްކައުންޓް ވީކް" ފަށައިފި އެވެ.

Ads by STELCO

ހުޅުމާލޭގެ ގިނަ ކެފޭތަކާއި ރެސްޓޯރެންޓް އަދި ފިހާރަތަކުން ބޮޑެތި ޑިސްކައުންޓުތައް ލިބޭ "ޑިސްކައުންޓް ވީކް" ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި ޕްރޮމޯޝަން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ޕްރޮމޯޝަނުގައި ގިނަ ފިހާރަތަކާއި ރެސްޓޯރެންޓުތަކުގެ ހުރިހާ އައިޓަމްތަކަކުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާއިރު، ބައެއް ފިހާރަތަކުން ކޫޕަނާއި ހަދިޔާ ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، އެ ކުންފުނިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކިއެކި ވިޔަފާރިތަކާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ޑިސްކައުންޓް ލިބޭނެ ހުޅުމާލޭގެ ކެފޭތަކާއި ފިހާރަތައް:

  • ފަހި ޕްލާޒާ (5 އިންސައްތަ ސްޓޯ ވައިޑް ޑިސްކައުންޓް) - ހުވަނދުމާ ހިނގުން
  • ރަޓަޓޫލީ (10 އިންސައްތަ ސްޓޯ ވައިޑް ޑިސްކައުންޓް) - ހިތިގަސް މަގު، ގޯޅި 17
  • އެމްއެޗްއޭ މާޓް (ބައެއް ބްރޭންޑުތަކުގެ ތަކެތިން 15 އިންސައްތަ ޑިސްކައުންޓް) - ރެއިންކްރެސްޓް ރެސިޑެންސް އަދި ނިރޮޅުމަގު 16 އައުޓްލެޓް
  • ބްރެޑް މެޓާސް (10 އިންސައްތަ ސްޓޯ ވައިޑް ޑިސްކައުންޓް) - ސެންޓްރޯ މޯލް
  • އިހްސާން ފިހާރަ (ކޫޕަން އަދި ގިފްޓްސް) - ވިނަރެސް 10، ހުޅުމާލެ ފޭސް 2
  • މަންހެޓަން ފިޝް މާކެޓް (5 އިންސައްތަ ސްޓޯ ވައިޑް ޑިސްކައުންޓް) - ސެންޓްރޯ މޯލް
  • ގްލޯރިއާ ޖީންސް (10 އިންސައްތަ ސްޓޯ ވައިޑް ޑިސްކައުންޓް) - އަމިން އެވެނިއު، މޭޕަލް ޓަވަރު
  • ކޮފީ ވިއު (5 އިންސައްތަ ސްޓޯ ވައިޑް ޑިސްކައުންޓް) - ފެރީ ޓާމިނަލް ކިއޮސްކް 1
  • ޗިކިން (10 އިންސައްތަ ސްޓޯ ވައިޑް ޑިސްކައުންޓް) - އަމިން އެވެނިއު، އޯކް ޓަވަރު
  • ރެޑްވޭވް (ބައެއް ބްރޭންޑުތަކުގެ ތަކެތިން 10 އިންސައްތަ ޑިސްކައުންޓް) - އަސުރުމާ ހިނގުން
  • ބޭކާސް ބާސްކެޓް (05 އިންސައްތަ ސްޓޯ ވައިޑް ޑިސްކައުންޓް) - ނިރޮޅު މަގު، ލޮޓް ނަންބަރު 11203
  • އަރިއްސާ (ބައެއް ބްރޭންޑުތަކުގެ ތަކެތިން 15 އިންސައްތަ ޑިސްކައުންޓް) - އަމިން އެވެނިއު، މޭޕަލް ޓަވަރު
  • އެސްޖޭ މޯލް (ބައެއް ބްރޭންޑުތަކުގެ ތަކެތިން 30 އިންސައްތަ ޑިސްކައުންޓް) - ބޯގަންވިލާ މަގު

"ޑިސްކައުންޓް ވީކް" ގެ އިތުރުން ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެސްޓިވަލެއް ގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހު ކުލަގަދަ ފެމިލީ ކާނިވަލްއަކުން ފެށި މި ހަރަކާތްތައް، ހަފުތާއަކަށް ދިގުދެމިގެންދާ ގޮތަށް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އޮންނާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.

މި ހަފުތާގެ ތެރޭގައި ސްޓޯރީ ފޮޓޯ ވޯކް، ހުޅުމާލެ މަސްރޭސް، ސައިކްލިން ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕުގެ އިތުރުން ބީޗް ފެސްޓެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

Ads by HDC