ޚަބަރު

އެކި ނަންނަމުގައި ފިލާ ތިބެ ޑުރަގު ވިޔަފާރިކުރާ މީހުން ހުއްޓުވާނަން: އިހުސާން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހޯމް މިނިސްޓަރު އިހުސާން - ފޮޓޯ: ރައީސް އޮފީސް

އެކި ނަންނަމުގައި ފިލާތިބެ ޑުރަގު ވިޔަފާރިކުރާ މީހުން ހުއްޓުވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

Ads by MPL

މިރޭ ކުރިއަށްދާ ވަޒީރުންގެ "އަހާ ފޯރަމް"ގައި މީހަކު ވަނީ މި ސަރުކާރުން މަސްތުވާތަކެތީގެ މަައްސަލަ ހުއްޓުވާނެކަމަށް ބުނެފައިވާތީ އެއީ ހަމަ ހަގީގަތުގައިވެސް ކުރެވިދާނެ ކަމެއްތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު އިހުސާން ވިދާޅުވީ މިހާރު އަތުލައިގަންނަ މަސްތުވާތަކެތި އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އަދި ސީ ކާގޯ ކޮންޓެއިނަރު ސްކޭން ކުރެވޭނެ ސްކޭނަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެއާއެކު ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މިހާރު މަސްތުވާތަކެތި ހުއްޓުވުމަށް ފޯކަސްކޮށްގެން މަސައްކަތް ކުރަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހުއްޓުވަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރާ މީހުން އެ ތަކެތި ވިއްކަނީ އެތަކެތި ވިއްކަނީ ދެތިން ލޭޔާއެއް އަޅައިގެން އެހެން ބަޔަކު ލައްވާ ކަމަށެވެ. އަދި އޮޕަަރޭޝަންތަކުން އަތުލައިގަންނަނީ މެދު ނޫނީ ދަށު ލޭޔަރުގައި އުޅޭ މީހުންކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ އެ މީހުން ކިތަންމެ ވަރަކަށް ހައްޔަރުކުރިޔަސް އޭގެ އަސްލާ ހަމައަށް ނުދެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ މިހާރު މަސައްކަތް ކުރަމުންދަނީ މަސްތުވާތަކެތި އެތެރެކުރުމުގެ މުގުލުގައި ތިބޭ މީހުންނާއި އަތޮޅު ތެރޭގައި ވިއުގަތައް ހިންގާ މީހުން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރީގެ ފިލައިގެން އެކި ނަންނަމުގައި ފިލާތިބެގެން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ މީހުންނަށް މިކަން ދެނެއް ނުކުރެވޭނެ ރާއްޖެއަކު. އެހެންވީމާ އެމީހުން ފަހާ އަޅުގަނޑުމެން ދުވާނީ. އެ މީހުން ހުއްޓުވާނީވެސް" މިނިސްޓަރު ވިދާޅުވި އެވެ.

Ads by Ooredoo