Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

84 ފުޅި ބަނގުރަލާ އެކު މީހަކު ހައްޔަރުކޮށްފި

84 ފުޅި ބަނގުރަލާ އެކު މީހަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކެއް އަރުވައިގެން ދަތުރުކުރި ކާރެއް ހުއްޓުވައި، އެ ތަކެތި އުފުލި ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ރީތިގަސްމަގުން ކާރަކަށް ބަނގުރާ އަރުވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަނުގައި އަމީން އެވެނިއު މެޕަލް ކުރިމަތިން އެ ކާރު ހުއްޓުވައި، ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ބަލައި ފާސްކުރިއިރު، ކަޅުކުލައިގެ ކޮތަޅުތަކެއްގައި ހުރި ފޮށިގަނޑުތަކެއް ކާރުގެ ޑިކީ ތެރެއިން ފެނިފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

"އަދި އެ ފޮށިގަނޑުތައް ބަލައި ފާސްކުރިއިރު 84 ފުޅި ބަނގުރާ ފެނިފައިވެ އެވެ." ފުލުހުން ބުންޏެވެ.

[caption id="attachment_283086" align="alignnone" width="1024"]<img class="wp-image-283086 size-large" src="https://cdn.dhen.mv/wp-content/uploads/2025/05/20250513_085831-1024x494.jpg" alt="" width="1024" height="494" /> ހުޅުމާލެއިން ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު ފެނުނު ބަނގުރާ ފުޅިތައް / ފޮޓޯ:ފުލުހުން[/caption]

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އާ ގުޅިގެން ކާރު ދުއްވަން އިން ގ. ލާމިގެ، މުހައްމަދު އުޝާން (46އ) ހައްޔަރުކޮށްފައިވާ ކަމުގަ އެވެ.

އެ ކާރު ޓޯކޮށް ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް