ސިއްހީ ނިޒާމް ހަރުދަނާކުރުމާ ގުޅޭ ގޮތުން ކުވެއިތާއެކު މަޝްވަރާކޮށްފި

ސިއްހީ ނިޒާމް ހަރުދަނާކުރުމާ ގުޅޭ ގޮތުން ކުވެއިތާއެކު މަޝްވަރާތަކެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.
އެގޮތުން އެ ދަތުރުފުޅުގައި ކުވޭތުގެ ފޮރިން މިނިސްޓަރު އަބްދުﷲ އަލް ޔަހްޔާއާ މިނިސްޓަރު ހަލީލު ވަނީ މިއަދު ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ. އަދި އެ މަޝްވަރާތަކުން ދެ ގައުމުގެ މަސްލަހަތުތައް ވެސް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރެއްވުމަށް އޮތް އަޒުމް ހާމަވެގެން ދިޔަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ވަނީ ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދެއްވަމުންދާ އެހީތެރިކަމަށް ކުވޭތު ލީޑާޝިޕަށާއި، ކުވޭތު ސަރުކާރުގެ އިސްވެރިންނަށާއި ހާރިޖީ ވަޒީރަށް ޝުކުރުވެސް އަދާކުރައްވައިފަ އެވެ.
ހާއްސަގޮތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން މިނިސްޓަރު ހަލީލު ފާހަގަކުރެއްވި އެ
