ޚަބަރު

ބްރޯޑްކޮމްގެ މުވައްޒިފުންގެ މަސައްކަތްތަކަށް ހުރަސް އަޅާކަމަށް ބުނާ މައްސަލަ މަޖިލީހުން ބަލައިދޭން އެދެފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ބްރޯޑްކޮމް--

ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް)ގެ މުވައްޒިފުންގެ މަސައްކަތްތަކަށް ހުރަސް އަޅާކަމަށް ބުނާ މައްސަލަ މަޖިލީހުން ބަލައިދޭން އެދިއްޖެ އެވެ.

Ads by STELCO

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ ބްރޯޑްކޮމްގެ މުވައްޒަފުންގެ ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށް އެ މުވައްޒަފުން ހުށަހަޅާފައިވާ ޕެޓިޝަންއަކާއެކު އެ މައްސަަލަ މަޖިލީހުން ބަލައިދޭން އެދި މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲއަށް ސިޓީއެއް މިއަދު ފޮނުއްވައިފަ އެވެ.

އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މާލިއްޔަތު ގަވައިދާ ހިލާފަށް އަމަލުކުރަން މުވައްޒަފުންނަށް މަޖުބޫރު ކުރުވުމާއި އޯވާޓައިމް ދެވެން ނެތް އިރުވެސް މަސައްކަތްތައް ކުރުވުމާއި މުވައްޒަފަކަށް ކުޑައިމީސްކޮށް މަލަމާތްކުރުން ހިމެނެ އެވެ.

އޭގެ އިތުުރުން އިޖުރާތްތައް ފުރިހަމަ ނުކޮށް ވަކި މުވައްޒަފަކު ވަކިކުރަން އެޗްއާރު ޕެނަލްއަށް އަންގާކަން ވެސް ސިޓިގައި ފާހަގަކޮށްފައި ވެއެވެ.

އަދި ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބަވާ ބޭފުޅުން މުވައްޒަފުން މެދުވެރިކޮށް އިދާރީ ވެރިންނަށް ފާރަލުން ހުއްޓާލުމަށާއި ޒާތިވެ ނަފްސާނީ ގޮތުން ކުރާ ގޯނާ ހުއްޓާލަން ވެސް މުވައްޒަފުން އެދޭކަމަށް ސިޓީގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން މުވައްޒަފާ ގުޅުން ހުރި ކަންކަން ނިންމުމުގައާއޮ އެހެންވެސް މަސައްކަތްތައް ކުރުމަށް އެކުލަވާލައިފައިވާ ކޮމިޓީތަކުގައި ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކާއި އެއްގޮތަޡް ނިންމާ ނިންމުންތަކަށް އިހުތިރާމްކުރަން ވެސް މުވައްޒަފުން އެދޭކަމަށް ސިޓީގައި ބުނެފައި ވެއެވެ.

Ads by Allied Insurance