Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވިލިމާލޭގައި ދެވަނަ ހިތް ފަސޭހަ މަައިޒާނެއް ހެދުމުގެ މަސައްކަތް ފަށައިފި

ވިލިމާލޭގައި ދެވަނަ ހިތް ފަސޭހަ މަައިޒާނެއް ހެދުމުގެ މަސައްކަތް ފަށައިފި

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ތަރައްގީ ކުރާ ދެވަނަ ހިތްފަސޭހަ މައިޒާން ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ކައުންސިލުން އެ މައިޒާން ތަރައްގީ ކުރަމުން އަންނަނީ ވިލިމާލެ ފެރީޓާރމިނަލް ކުރިމަތީގައެވެ.

މާލެ ސިޓީއަކީ ހިތް ފަސޭހަތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިހާރުވެސް ވިލިމާލޭގެ އިތުރުން، މާލޭގައި ވެސް ހިތް ފަސޭހަ މައިޒާންތަށް ހެދުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ.

Advertisement
Ooredoo — Square (box)

އެ ގޮތުން ގަލޮޅު ސަހަރާ ކުރިމަތިން އޮންނަ ހުސް ބިމުގައާއި ކުރީގެ ބައިއިންޖީނުގެ ކުރިމަތިން އޮންނަ "ގަލޮޅު ސިޓީ" ޕާކުގައި ހިތް ފަސޭހަ މައިޒާނެއް އަންނަނީ ތަރައްގީ ކުރަމުންނެވެ.

ވިލިމާލޭގައި އިތުރު ހިތް ފަސޭހަ މައިޒާނެއް ތަރައްގީ ކުރުމުގެ މަސައްކަތް ކައުންސިލުން ފަށާފައިވާއިރު، ދާދި ފަހުން ކައުންސިލުން ވަނީ މުޅި ވިލިމާލެ ސާފުކުރުމުގެ މަސައްކަތް، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިފައެވެ.

މުޅި ވިލިމާލެ ސާފުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން، ވިލިމާލޭގައި ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރޭގައި ކާނުތައް ސާފުކުރުމާއި ވިލިމާލޭގެ ހުސް ބިންތައް ސާފުކުރުމުގެ މަސައްކަތައް ހިމެނެ އެވެ.

ވިލިމާލޭގެ ހުސް ބިންތައް ސާފު ކުރުމަށް ފަހު، ކައުންސިލުން ނިންމާފައި ވަނީ، އެ ބިންތަކުގައި ހިޔާދޭ ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކުގެ އިތުރުން، މޭވާއާއި ތަރުކާރީ ގަސްތައް ވެސް އިންދުމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް